ސީރިއާ އަދި އިރާގުގައިވާ އެމެރިކާގެ ފައުޖުތަކަށް ދޭ ހަމަލާތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް: އިރާން

ސީރިއާ އަދި އިރާގުގައިވާ އެމެރިކާގެ ފައުޖުތަކަށް ދޭ ހަމަލާތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް: އިރާން

Author
ހުސެއިން
04 ޖުލައި 2021 08:13
0

އިރާގް އަދި ސީރިއާގައި ތިބޭ އެމެރިކާގެ ސިފައިންނަށް ހަމަލާ ދިނުމުގައި އިރާނުން ބައިވެރިވެފައިވާ ކަމަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް އެގައުމުން ދޮގު ކޮށްފިއެވެ.

އަދި އިރާނުންވަނީ، އެގައުމުން އެހީތެރިވެދޭ ހަގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާތައް ކުށްވެރި ކޮށްފައެވެ.

ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު، އެމެރިކާއިން ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިރާނުން އެހީތެރިވެދޭ ހަގުރާމަވެރި ޖަމާއަތްތަކަށް އެގައުމުން އަސްކަރީ ހަމަލާތައް ދީފައިވަނީ، މި ޖަމާއަތްތަކުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ ގޮތުންނެވެ. އަދި މި ޖަމާއަތްތަކުން، އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އިރާނުން ފޯރުކޮށްދެމުންދާ އެހީތެރިކަން ހުއްޓުމަކަށް ގެނައުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، އިރާނުން ޔޫއެންއަށް ކަޑައަޅާފައި ހުންނަވާ މަންދޫބު މާޖިދު ތަޚުތު ރަވާންޗި ވިދާޅުވެފައިވަނީ، "އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް އަމާޒުވަމުންދާ ހަމަލާތަކާއި އިރާނާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ، އެއްވެސް ވަރެއްގެ ހަގީގަތެއްގެ މައްޗަށް ދެކެވޭ ވާހަކަަތަކެއް ނޫން،" ކަމުގައެވެ.

ޔުނައިޓެޑް ނޭޝަންގެ ޗާރޓަރުގެ އާރޓިކަލް 51ގައި ވާގޮތުން، މެމްބަރު އެއްވެސް ގައުމަކުން، އެގައުމަކަށް އަމާޒުވާ އަސްކަރީ އެއްވެސް ހަމަލާއަކުން ދިފާޢުވުމުގެ ގޮތުން ދޭ ހަމަލާތަކުގެ މައުލޫމާތު ލަސްކުރުމެއް ނެތި، ސެކިއިރިޓީ ކައުސިލަށް އަންގަން ޖެހެއެވެ.

ވޮޝިންގަޓަންއިން ޔޫއެންއަށް މައުލޫމާޔު ދީފައިވާ ގޮތުގައި، އެގައުމުން ދީފައިވާ އަސްކަރީ ހަމަލާތަކުގައި އަމާޒަކަށް ހަދާފައިވަނީ، އިރާގުގައި ތިބޭ އެގައުމުގެ ސިފައިންނަށް ދެމުންދާ ޑްރޯންގެ ހަމަލާތަކާއި އަދި ރޮކެޓް ހަމަލާތައް ދެމުންދާ ހަގުރާމަވެރި ޖަމާއަތްތަކުގެ މަގާމްތަކެވެ.

އެހެންނަމަވެސް ރަވާންޗި ވިދާޅުވެފައިވަނީ، "މި ހަމަލާތަކަކީ، އިރާނުންނާއި އަދި އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން އެމެރިކާގެ ފައުޖުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުގެ ގޮގޮތުން ދީފައިވާ ހަމަލާތަކެއް ކަމުގައި އެމެރިކާއިން ބުނާނަނަ، އެމެރިކާގެ މިވާހަކަތަކުގައި އެއްވެސް ހަގީގަތެއް އަދި ގާނޫނީ އެއްވެސް ހުއްޖަތެއްވެސް އެކުލެވިގެން ނުވާކަމަށާއި އަދި މިއީ އެމެރިކާއިން ހަދަހަދައިގެން ދައްކަމުން ދައްކަމުންދާ ވާހަތަކުގެ އިތުރުން، މިއީ ޔޫއެން ޗާޓަރުގެ 51ވަނަ މާއްދާގެ މާނަ ނުބައިކޮށް ކުރުން،" ކަމުގައެވެ.

"އެމެރިކާއިން ދީފައިވާ ހަމަލާތަކަކީ، ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް،" ރަވާންޗިއާ ހަވާލާދީ އިރާނުގެ ރަސްމީ ނޫސް އޭޖެންސީ އިރްނާއިން ރިޕޯޓު ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.