އެވަޓަންގެ ކޯޗަކަށް ވާދަވެރި ލިވަޕޫލްއަށް ކުރިން ކޯޗުކޮށްދިން ބެނިޓޭޒް

އެވަޓަންގެ ކޯޗަކަށް ވާދަވެރި ލިވަޕޫލްއަށް ކުރިން ކޯޗުކޮށްދިން ބެނިޓޭޒް

Author
އިބްރާހީމް ސާޢިދު
01 ޖުލައި 2021 03:23
0

އިނގިރޭސި ކުލަބު އެވަޓަންގެ ކޯޗުކަމާ ސްޕެއިންގެ ރަފޭލް ބެނިޓޭޒް ހަވާލުވެއްޖެއެވެ.

އެވަޓަންގެ އަވައްޓެރި ކްލަބް ލިވަޕޫލަށް ހަ އަހަރު ކޯޗުކޮށްދިން ބެނިޓޭޒް ކޯޗަކަށް ހަމަޖައްސަން އުޅޭތީ އެ ޓީމާއި ލިވަޕޫލްގެ ބައެއް ސަޕޯޓަރުން އެކަމާ ހިތްހަމަ ނުޖެހުނެއެެވެ. އަދި ލިވަޕޫލްގައި ބެނިޓޭޒް އުޅެން ހަމަޖެހިފައިވާ ގޭގެ ބޭރުގައި ބެނިޓޭޒަށް ރައްދުކޮށް ހުތުރު މެސެޖެއް ލިޔެފައިވާ ބެނާއެއް ވެސް ވަނީ ހަރުކޮށްފައެވެ. އެ ބެނާގައި ލިޔެފައިވަނީ ބެނިޓޭޒް އެވަޓަން އަށް ސޮއިނުކުރާށެވެ. ލިވަޕޫލް ސަރަހައްދުގެ ޕޮލިހުން އަންނަނީ މި ބެނާގެ މައްސަލަ ބަލަމުންނެވެ.

އެވަޓަން އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ބެނިޓޭޒް ކޯޗުކޮށްދޭ ހަތަރު ވަނަ ކްލަބެވެ. އޭނާ އެންމެ ފުރަތަމަ ކޯޗުކޮށްދިނީ 2004 އިން 2010 އަށް ލިވަޕޫލަށެވެ. ދެން ވަގުތީ ކޯޗެއްގެ ގޮތުގައި 2012-2013 ޗެލްސީ އަށް ކޯޗުކޮށްދިނެއެވެ. އަދި އޭނާ އެންމެ ފަހުން އިނގިރޭސި ކްލަބެއްގައި މަސައްކަތްކުރީ ނިއުކާސަލް ޔުނައިޓެޑްގައެވެ. އެ ޓީމަށް 2016 އިން 2019 އަށް ކޯޗުކޮށްދިނެވެ.

ބެނިޓޭޒް އެންމެ ފަހުން ހުރީ ޗައިނާގެ ޑާލިއަން ޕްރޮފެޝަނަލްގައެވެ. އެވަޓަންގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން އިޓަލީގެ މަޝްހޫރު ކާލޯ އަންޗެލޮޓީ ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑާ ހަވާލުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.