އެންމެފަހުން ޓޮޓެންހަމްގެ ކޯޗަކަށް ނޫނޯ

އެންމެފަހުން ޓޮޓެންހަމްގެ ކޯޗަކަށް ނޫނޯ

Author
އިބްރާހީމް ސާޢިދު
01 ޖުލައި 2021 03:33
0

ޓޮޓެންހަމްގެ ކޯޗުކަމާ ވުލްވްސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕަރީޓޯ ސަންޓޯ ހަވާލުވެއްޖެއެވެ.

ނޫނޯއާ ޓޮޓެންހަމް ހަވާލުވުމުގެ ކުރިން އެ ކްލަބުން ވަނީ ގިނަ ކޯޗުން ތަކަކާ މަޝްވަރާކޮށްފައެވެ. އެ ކޯޗުންގެ ތެރޭގައި އިންޓަގެ ކޯޗުކަމުން ވަކިވި އެންޓޯނިއޯ ކޮންޓޭ، ކުރި މުއްދަތެެއްގެ ތެރޭގައި ނަޕޯލީ އާއި ފިއޮރެންޓީނާގެ ކޯޗުކަން ދޫކޮށްލި ޖެނާރޯ ގަޓޫސޯ، ރޯމާ އިން ވަކިވި ޕައޮލޯ ފޮންސޭކާ، ޔުވެންޓަސްއާ ހަވާލުވި މެސިމޯ އަލެގްރީ، ބަޔާން މިއުނިކާ ގުޅުނު ހޫލިއަން ނާގަލްސްމަން، ބަޔާން ދޫކޮށް ޖަރުމަނު ގައުމީ ޓީމަށް ބަދަލުވި ހަންސީ ފްލިކް، އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް، ޕީއެސްޖީގައި ހުރި ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، ސެވިއްޔާގައި ހުރި ހުލެން ލޮޕެޓެގީ، ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް، ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް އަދި ފުލަމް ދޫކޮށް ދާދި ފަހުން ބޯންމައުތާ ހަވާލުވި ސްކޮޓް ޕާކާ ހިމެނެއެވެ.

ވުލްވްސް އިނގިރޭސި ދެ ވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ ނޫނޯ ވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގައި ވެސް ވާދަކޮށްފައެވެ. މިދިޔަ ސީޒަނަށް ފަހު ނޫނޯ ވުލްްވްސް ދޫކޮށްލަން ނިންމީ އެ ޓީމު ލިގުގެ 13 ވަނައިގައި ނިންމާލަން ޖެހުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.