ފިލްހާލް 2 ޓީޒާ: 1 ދުވަސްތެރޭ ތެރޭ 12 މިލިއަނަށް ވުރެ ގިނަ މީހުން ބަލަައިފި

ފިލްހާލް 2 ޓީޒާ: 1 ދުވަސްތެރޭ ތެރޭ 12 މިލިއަނަށް ވުރެ ގިނަ މީހުން ބަލަައިފި

ބޮލީވުޑްގެ ސުޕަސްޓާ އަކްޝޭ ކުމާރާއި ނުޕުރް ސެނޮންގެ ލަވަ "ފިލްހާލް 2″ގެ ޓީޒާ ރިލީޒް ކޮށްފި އެވެ.

މި ދެތަރިން ވަނީ "ފިލްހާލް" ލަވައިންވެސް އެކުގައި ފެނިގެން ގޮސްފައިއެވެ. އަދި ހަމަ އެއާއެކު އާންމުންގެ މެދުގައި މި ލަވަ ވަނީ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.

މި މަގުބޫލު ކަމާއި އެކު މި ދެތަރިން އެކުގައި "ފިލްހާލް" ގެ ސީކުއެލް "ފިލްހާލް2″ ހެދުމަށް ނިންމިއެވެ. އަދި ހަމަ އެއާއެކު މި ލަވައިގެ އިންތިޒާރުގައި ތިބި ފޭނުން ދިއައީ މި ލަވައަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

އަކްޝޭ ކުމާރުވަނީ މި ހަފްތާ ތެރޭގައި މި ލަވައިގެ ފަސްޓް ލުކް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. ލަވައިގެ ޓީޒާ އާންމުކޮރީ އިއްޔެއެވެ. ޓީޒަރ ޔޫޓިއުބްގައި އާންމުކުރުމާއެކު 3 ގަޑީރުތެރޭ 7 މިލިއަނަށްވުރެ ގިނަމީހުން ވަނީ ބަލާފަ އެވެ. އަދި މިއަދާ ހަމައަށް 12 މިލިއަނަށްވުރެ ގިނަ މީހުން ލަވައިގެ ޓީޒާ ބަލާފައި ވެއެވެ.

މިއިންވެސް އެނގިގެންދަނީ ލަވައަށް ބެލުންތެރިން ކުރަމުން އައި އިންތިޒާރެވެ. މި ލަވައިގައި މަސައްކަތް ކޮށްފައި ވަނީ ކުރީގެ ލަވައިގައި ވެސް މަސައްކަތް ކުރި ޓީމުންނެވެ. އެގޮތުން ފިލްހާލެކޭ އެއްގޮތަށް އެލަވައިގެ ސީކުއަލް "މޮހައްބަތު" ވެސް ކިޔާފައިވަނީ ބީ ޕްރާކް އެވެ. ލިރިކްސް ހަދާފައިވަނީ ޖާނީ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *