އާޖެންޓީނާ ގުރޫޕުގެ އެއްވަނައަށް

އާޖެންޓީނާ ގުރޫޕުގެ އެއްވަނައަށް

ގުޅުންހުރި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު 4-1 އިން ބޮލިވިއާ ބަލިކޮށް އާޖެންޓީނާ އިން ގްރޫޕްގެ އެއް ވަނަ ހޯދައިފިއެވެ.

މެޗު ފަށައިގެން ހަ މިނިޓް ތެރޭ އާޖެންޓީނާއިން ވަނީ ލީޑުނަގައިފަ. މި ގޯލު މެސީ ދިން ބޯޅައަކުން ވޮލީ އަކުން ކާމިޔާބުކުރީ ޕާޕޫ ގޯމޭޒްއެވެ. މެޗުގެ 31 ވަަނަ މިނިޓްގައި އާޖެންޓީނާގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މެސީ އެވެ. މިއީ ޕާޕޫ ގޯމޭޒް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެއްއެވެ. އޭގެ ފަހުން މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ބޮލިވިއާ އިން ގޯލެއް ޖެހިއެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ލިއޯނެލް ޖަސްޓިނިއާނޯ ދިން ބޯޅައަކުން މި ގޯލު ޖެހީ އާވިން ސާވެޑްރާ އެވެ. ބޮލިވިއާ އިން ގޯލު ޖެހިތާ ފަސް މިނިޓް ތެރޭ އަކޫނިއާ ދިން ބޯޅައަކުން ލަޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. ރޭގަ މެސީ ޖެހި މި ދެ ގޯލާ އެކު މި ފަހަރުގެ ކޮޕަ އެމެރިކާގައި އޭނާ ވަނީ ތިން ގޯލު ޖަހައިފައެވެ. މެސީ އަކީ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިޔާއެވެ. މި މެޗަކީ އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެދިން 148 ވަނަ މެޗު އެެވެ. މިއާއެކު މެސީއަށް ވަނީ އާޖެންޓީނާއަށް އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ލިބިފައެވެ.

ދެވަނަ މެޗްގައި އުރުގުއޭ އާ ޕެރަގުއޭ ވާދަކުރި މެޗް 0-1 އިން ކާމިޔާބުކުރީ އުރުގުއޭ އެވެ. މެޗްގައި އުރުގުއޭ އިން ޖެހި ހަމައެކަނި ލަނޑު  އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީއެވެ. އާޖެންޓީނާ އިން ގްރޫޕް އޭގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި ނިންމާލީ ރޭ ޕެރަގުއޭ އަތުން އިން މޮޅުވި އުރުގުއޭއެވެ. އެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި ޕެރަގުއޭއެވެ.

މި ގްރޫޕުން ހަތަރު ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދީ ފަސް ޕޮއިންޓް ހޯދި ޗިލީ އެވެ. އެންމެ ފުލަށް ދިޔަ ބޮލިވިއާ އަށް ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފަ އެވެ. އާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ އެކުއެޑޯއާ އެވެ. މި މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖޭގެ ގަޑިން 6 ޖަހާއިރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *