13 އަހަރުގެ ކުއްޖެއް މަރާލައި އެއްލާލާފައި އޮއްވާ ފެނިއްޖެ

13 އަހަރުގެ ކުއްޖެއް މަރާލައި އެއްލާލާފައި އޮއްވާ ފެނިއްޖެ

Author
ޢަލީ އާދަމް
22 ޖޫން 2021 06:42
0

މަރާލައި އެއްލާލާފައި އޮތް 13 އަހަރުގެ ކުއްޖަކު ހުޅުމާލެ ފަޅުތެރޭން ފެނިއްޖެ އެވެ.
ފުލުހުން ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކު ރަހީނުކޮށްފައި ވާކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި ކަމާގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 02:38 ހާއިރު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މަރުގެ މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޚަބަރު އޮންލައިނަށް އެނގިފައިވާ ގޮތުގައި މިކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފޭސް ސަރަހައްދުގެ މޫދުންނެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަޅު ހުސޭނު
ބަޔަކު ރަހީނުކޮއްގެން ކުއްޖާ ގެންދިޔަކަމުގެ މައްސަލަ ހުށަހެޅިތާ 3 ދުވަސް ފަހުން ކުއްޖާފެނިފައިއެވަނީ، ފުލުހުން މިކަމުގައި މަސައްކަތް ކޮށްފައިވާ ގޮތުގެ ރިޕޯރޓެއް ހުށަހަޅަންޖެހޭނެ، އަދި މިކަން ބަލަންވެސްޖެހޭނެ.