ގުޅީފަޅާ ދިމާލު ބޭރުގައި ބަނދަރުކޮށްފައި އޮތް އުޅަދަކުން ވެއްޓި އަނިޔާލިބުނު މީހާ މަރުވެއްޖެއެވެ.
އައިޖީއެމްއެޗުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ގުޅީފަޅުގައި ބަނދަރުކޮށްފައި އޮތް މުދާ އުފުލާ އުޅަނދުން ވެއްޓުނު ބިދޭސީ މީހާގެ ބޯފަޅައިގެން ގޮސްފައިވާއިރު އޭނާ ވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ "ވިކްޓޯރިއާ 267″ ނަމަކަށް ކިޔާ ބޯޓަކުން ބިދޭސީއެއް ވެއްޓި ބޯފަޅައިގެން ދިއުމާއި ގުޅިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްކޮޑަރުންގެ އެހީތެރިކަމާއެކު މެންދުރު 12:10 ހާއިރު އޭނާ މާލެ ގެނެސްފައިވާކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު 11:15 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ