ލީސާ ހޭޑަންގެ ބޭބީ ޝަވަރގެ ފޮޓޯތައް!

ލީސާ ހޭޑަންގެ ބޭބީ ޝަވަރގެ ފޮޓޯތައް!

Author
ފާތިމަތު ނާވީ
21 ޖޫން 2021 08:29
0

ތިންވަނަ ދަރިފުޅަށް ބަލިވެ އިން ލީސާ ހޭޑަން ވަނީ އޭނާގެ ބޭބީ ޝަވަރގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފަ އެވެ. މި ފޮޓޯތައް އޭނާ ހިއްސާ ކޮށްފައިވަނީ އޭނާގެ 35 ވަނަ އުފަންދުވަހުގައެވެ. މި މަހުގެ 17 ވަނަ ދުވަހު އޭނާއަށް ވަނީ 35 އަހަރު ފުރިފައެވެ. މި ހަފްލާއަކީ އެއްކޮށް ހުދުކުލައިން ޒީނަތްތެރިކޮށްފައިވާ ހަފްލާއެކެވެ.

 

View this post on Instagram

 

A post shared by Lisa Lalvani (@lisahaydon)

މި ފޮޓޯތަކުގައި ލީސާ އަދި އޭނާގެ ރައްޓެހިން ތިބީ އިންޑޯ ހޯލެއްގަ އެވެ. ތަން ޒީނަތް ކޮށްފައިވަނީ ހުދު އަދި ފިޔާތޮށި ކުލައިގެ މަލުންނެވެ. އަދި ހަމަ އެހެންމެ ޗޮކްލެޓު ކޭކު، މުރަންގް ކޫކީސް، ކޮށާފައިވާ މޭވާ އަދި ރޯޒް ވައިންވެސް މި ފޮޓޯތަކުން ފެނެއެވެ.

 

View this post on Instagram

 

A post shared by Lisa Lalvani (@lisahaydon)

މި ފޯޓޯތައް ހިއްސާކުރަމުން ލީސާ ބުނެފައިވަނީ " ހަޔާތުގެ މުހިއްމު ދުވަހެއް… ފަސް އެކުވެރިން.. " މިހެންނެވެ. ލިސާގެ ފޭނުން ވަނީ މި ފޮޓޯތަކަށް ގިނަ އަދަދެއްގެ ލައިކާއި ކޮމެންޓް ކޮށްފަ އެވެ.

ލީސާ މިހާރު ބަނޑުބޮޑީ އޭނާގެ ތިންވަނަ ދަރިފުޅަށެވެ. މި ދަރިފުޅަކީ އަންހެން ކުއްޖެއްކަން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.

ލީސާގެ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ “އޭ ދިލް ހެ މުޝްކިލް” އިން ރަނބީރުގެ ލޯބިވެރިއެއްގެ ގޮތުގައެވެ. މި ފިލްމު ނުކުމެފައި ވަނީ 2016 ވަނަ އަހަރު އެވެ. މީގެ އިތުރުން ވެސް ލީސާ ވަނީ “ކުއީން”، “އައިޝާ” “ހައުސްފުލް 3” ފަދަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.