ކްެރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެކް ރިޕަބްލިކް އަތުން އެއްވަރުވެ ކްރޮއޭޝިއާ ޕްރެޝަރަށް ވެއްޓިއްޖެ

ޗެކް ރިޕަބްލިކް އަތުން އެއްވަރުވެ ކްރޮއޭޝިއާ ޕްރެޝަރަށް ވެއްޓިއްޖެ

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކް އަތުން އެއްވަރުވެ ކްރޮއޭޝިއާ ޕްރެޝަރަށް ވެއްޓިއްޖެއެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުން ކްރޮއޭޝިއާ އެއްވަރުވުމާއެކު އެޓީމަށް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ، މި މެޗުން އެއްވަރުވުމާއި ގުޅިގެންނެވެ. މިވަގުތު ކްރޮއޭޝިއާ އޮތީ ގްރޫޕްގެ 3 ވަނައިގައެވެ. ޗެކް ރިޕަބްލިކް އޮތީ 2 މެޗުން ލިބުނު 4 ޕޮއިންޓާއެކު 1 ވަނައިގައެވެ. އެ ޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މިވަގުތު ޗެކް އެއްވަނައިގައި އޮތްނަމަވެސް މިރޭ 12 ޖަހާއިރު އިންގްލެންޑް އާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗުން އިންގްލެންޑް މޮޅުވެއްޖެ ނަަމަ އެޓީމަށް އަލުން އެއްވަނަ ލިބޭނެއެވެ. އަދި މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ޔަގީން ވާނެއެވެ.

މިރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޗެކް ރިޕަބްލިކް ޓީމުންނެވެ. ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ކްރޮއެޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެކް ރިޕަބްލިކުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޗެކްއަށް ލީޑު ނަގައިދިނީ ޕެޓްރިކް ޝިކްއެވެ. އޭނާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2 ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ މި ނަތީޖާއިން ޗެކް ރިޕަބްލިކް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ކްރޮއޭޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކްތައްވެސް ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފް ފެށިތާ މާގިނައިރުތަކެއް ނުވަނީސް ޕެރިސިޗް ވަނީ ކްރޮއޭޝިއާއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަށްފަހު ކްރޮއޭޝިއާގެ ކުޅުން ފެނުނީ ވަކިން ތަފާތުކޮށެވެ.

މި ގްރޫޕުގައި ކްރޮއޭޝިއާގެ ފަހު މެޗުގައި ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ. އަދި ޗެކް ރިޕަބްލިކްގެ ފަހު މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *