ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް މުބާރާތުގެ ދެވަަނަ ބުރަށް ދިއުމުގެ އުއްމީދު ސްވިޑެން ދަމަހައްޓައިފިއެވެ.
މުބާރާތުގައި މިރޭ ސްލޮވާކިއާ މައްޗަށް ސްވިޑެން ކުރިހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ.
ގްރޫޕް ސްޓޭޖުގައި ސްވިޑެން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އާއި ވާދަކޮށް ވަނީ އެއްވަރު ވެފައެވެ. އެހެންކަމުން ދެން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ސްވިޑެން ބޭނުންވަނީ އެންމެ މަދުވެގެން ޕޮއިންޓެކެއެވެ.
މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ސްވިޑެންއެވެ. ދެވަނައިގައި ސްލޮވާކިއާ އޮތީ 3 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި 1 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު، ގްރޫޕްގެ ފުލުގައި އޮތީ ޕޮލެންޑްއެވެ.
މިރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗުގެ ޖެހި ހަމައެކަނި ލަނޑުވެސް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ.
ދެވަނަ ހާފް ފަށައިގެން ސްވިޑެން އިން ވަނީ ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފައްދަން ފަށާފައެވެ. އެގޮތުން މެޗުގައި ސްވިޑެންގެ ހަމައެކަނި ލަނޑު 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، ފޯސްބާގްއެވެ. މިއީ އެޓީމުގެ ޑުބްރާވްކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެެކެއެވެ.
މި ގްރޫޕުގައި މާދަމާ ބައްދަލުކުރާނީ ޕޮލޭންޑާއި ސްޕެއިން އެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ސްވިޑަން އާއި ޕޮލޭންޑް ބައްދަލުކުރާނީ މިމަހުުގެ 23 ގައެވެ. ފަހު މެޗުގައި ސްލޮވާކިޔާ އާއި ސްޕެއިން ބައްދަލުުކުރާނީ ވެސް ހަމަ މި ދުވަހުއެވެ.
ކޮމެންޓު ފޮނުވާ