ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ތުރުކީގެ މައްޗަށް ކުރިހޯދައި ވޭލްސް މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ޖެހިލައިފިއެވެ.
އަޒަރްބައިޖާން ގައި ކުޅުނު މި މެޗު ވޭލްސް ކާމިޔާބުކުރި 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ބަލިވުމާއެކު ތުރުކީއަށް ވަނީ ޔޫރޯގެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ތުރުކީ ވަނީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު 2 މެޗުންވެސް ބަލިވެފައެވެ. އެއީ މުބާރާތް ހުޅުވުމުގެ ގޮތުން އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗާއި މިރޭ ވޭލްސް އަތުން ބަލިވި މެޗެއެވެ. ދެން ތުރުކީއަށް ގްރޫޕް ސްޓޭޖުގައި ބަކީ އޮތީ ސްވިޒަލެންޑް އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗު އެކަންޏެވެ.
މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ވޭލްސް އިންނެވެ. މެޗުގައި ވޭލްސް އިން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފް ނިމެން ގާތް ވެފައިވަނިކޮށެވެ. މި ލަނޑު މެޗުގެ މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަމްސޭއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ވޭލްސްއަށް ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުޞަތެއް ވަނީ ލިބިފައެވެ. އެގޮތުން އެޓީމުގެ ބޭލް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ބޭލް ފޮނުވާލީ ގޯލުގެ މާ މަތިންނެވެ. މި މެޗުގައި ބޭލްއަށް ލަނޑެއް ނުޖެހުނު ނަމަވެސް ވޭލްސް އިން ޖެހި 2 ލަނޑުގައި ވެސް ބޭލްގެ ދައުރު ބޮޑެއެވެ. މެޗުގައި ވޭލްސްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކޮނާ ރޮބަޓްސްއެވެ.