ޖަރުމަނު އަތުން ބައިކޮޅަށް ވަން ގޯލުން ފްރާންސް މޮޅުވެއްޖެ

ޖަރުމަނު އަތުން ބައިކޮޅަށް ވަން ގޯލުން ފްރާންސް މޮޅުވެއްޖެ

Author
ޔޫސުފް
16 ޖޫން 2021 02:24
0

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ވަރުގަދަ ޖަރުމަނު ބައްދަލުކުރި މެޗުން ހަނި ގޮތަކުން ފްރާންސް މޮޅުވެއްޖެއެވެ.

ޖަރުމަނުގެ ބަޔާން މިއުނިކްގެ ދަނޑު ކަމަށްވާ އަލިއާންޒް އެރީނާގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވީ 0-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީވެސް ޖަރުމަނު ޓީމުންނެވެ. އެގޮތުން އެ ޓީމުން ވަނީ މި ހާފުގައި ޖުމްލަ 6 ހަމަލާއެއް އުފައްދާފައެވެ. އެހެން ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުކޮށްލެވިފައެއް ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ޖަރުމަނުގެ މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެއެވެ. މި ލަނޑަކީ ލޫކަސް ހެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ހަމެލްސްގެ ތަނބިކަށީގައި ޖެހިފައި ގޯލުގެ ކަނަށް ވަން ލަނޑެކެއެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް ރަނގަޅަށް ކުޅެމުން ދިޔައީ ފްރާންސްއެވެ. މި ހާފުގައި ފްރާންސްގެ އެމްބާޕޭ އާއި ބެންޒެމާ 2 ލަނޑު ޖެހި ނަމަވެސް ރެފްރީ ވަނީ އެ ދެ ލަނޑުވެސް އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު މި ގުރޫޕުގެ ހަތަރު ޓީމުވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު ގުރޫޕުގެ ޕޮއިންޓު ތާވަލުގެ އެއްވަނަ ލިބެނީ ހަންގޭރީ ބަލިކުރި ޕޯޗުގަލް އަށެވެ. ދެވަނައިގައި ފްރާންސް އޮތްއިރު ތިންވަނައިގައި އޮތީ ޖަރުމަނެވެ. އަދި ތާވަލުގެ ފުލުގައި އޮތީ ހަންގޭރީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.