ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
14 ޖޫން 2021 12:55
0

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު އެމީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ. ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާއަށް ބަދުއަހުލާގީ އަމަލު ހިންގާފައިވާކަން ސާބިތުކުރުމަށް ފުލުހުން ހެކިވެސް ހުށައަޅަފައިވެސްވެއެވެ. އެގޮތުން ފުލުހުންނަށް އެ ކުއްޖާ ފެނިފައިވަނީ ތުހުމަތުކުރެވޭ މީހާގެ ކޮޓަރިންކަމަށްވެސް ހުށައަޅާފައިވެއެވެ. ކޯޓު ޢަމުރުގައި ބުނެފައިވާގޮތުގައި އެކުއްޖާއަށް ޖިންސީ އަނިޔާކުރި މީހާ ވަނީ ކުއްޖާގެ ވިސްނުމާކުޅުމަށް ގުރޫމް ކުރަން މަސައްކަތް ކޮށްފައެވެ. އެކަމިގެ ހެކިވެސް ފުލުހުން ހުށައަޅާފައިވެއވެެ.

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާއަކީ މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑް އޮތްމީހެކެވެ. އޭނާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ވަނީ އެފަދަ ގޯސްކަމއް ނުކުރާކަމަށް ބުނެފައެވެ. އެކުއްޖާއަކީ އޭނާގެ ގެއަށް ގޮސް އުޅޭ ކުއްޖެއްކަން ހިޔާގެ މުވައްޒަފުންނަށް އެނގޭނެކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވަނީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެތްކަށް ނުފުޒު ފޯރުވާނެތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.