މިސްކިތްތަކަށް ދެރަ ގޮތްތައް އެބަވޭ، އެކަމަށް ވަރަށް އަވަސް ހައްލެއް ބޭނުންވޭ: ޢަލީ ޒައިދު

މިސްކިތްތަކަށް ދެރަ ގޮތްތައް އެބަވޭ، އެކަމަށް ވަރަށް އަވަސް ހައްލެއް ބޭނުންވޭ: ޢަލީ ޒައިދު

Author
މުޙައްމަދު ޖިމީ
13 ޖޫން 2021 09:31
0

މާލެ ސަރަހައްދުގެ މިސްކިތްތަކަށް ދެރަގޮތްތައް ވަމުންދާކަމަށާއި، އެކަންކަން އެގޮތަށް ދޫކޮށްލައިގެން ނުވާނެކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާލުވެފައިމިވަނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، މިސްކިތުގައި ކޮށްގެން ނުވާނެ އެތައް ކަމެއް ކުރަމުންދާކަން ފުލުހުން ހާމަކުރުމާއި ގުޅިގެންނެވެ. ފުލުހުން ބުނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދާ އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުންކުރުން އެކަށީގެންނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާކަމަށެވެ. އެގޮތުން ފުލުހުން ކޮންމެ ރެޔަކު މިސްކިތްތައް ބަލައި މިސްކިތްތައް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަތަ ތަހުގީގްކުރަމުންދާކަމަށެވެ.

ޒައިދު ވިދާޅުވީ، މިސްކިތްތަކަށް ދެރަ ގޮތްތައް ވަމުންދާކަމަށާއި، އެކަމަށް ވަރަށް އަވަސް ހައްލެއް ބޭނުންވާކަމަށެވެ. ޕާޓޭން މަސްތުވާތަކެތި ފޮރުވައި ޑީލް ހަދައި ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ދާއިރު، އެކަންކަން ހުއްޓުވަންޖެހޭކަމަށާއި، މިސްކިތްތައް އެގޮތަށް ދޫކޮށްލައިގެން ނުވާނެކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

މިސްކިތްތަކަށް ދެރަ ގޮތްތައް އެބަވޭ! މިކަމަށް ވަރަށް އަވަސް ހައްލެއް އެބަ ބޭނުންވޭ! ޕާޓޭން މަސްތުވާތަކެތި ފޮރުވައި ޑީލް ހަދައި ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ދާއިރު، މިކަންކަން ހުއްޓުވަންޖެހޭ! މިސްކިތްތައް މިގޮތަށް ދޫކޮށްލައިގެން ނުވާނެ!

– ޢަލީ ޒައިދު

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ޖަމާއަތުގައި ނޫންގޮތަށް މިސްކިތުގައި ނަމާދުކުރުމުގެ ފުރުޞަތު 37 މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީން ހުޅުވާލަފައިވަނީ، މާލޭގައި ދަތި ހާލަތުގައި ދިރިއުޅޭ މީހުންނަށް ނަމާދުކުރުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

މާލޭގެ ބައެއް މިސްކިތުގައި ނިވާކަން ކުޑަގޮތަށް ނިދާފައި، އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތަކާއެކުޒުވާނުންތަކެއް ތިބި ފޮޓީތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެތައް ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.