ކޯވިޑް ބަލީގައި މިނިސްޓަރ ސަމީރުގެ ދައްތަ ނިޔާވެއްޖެ

ކޯވިޑް ބަލީގައި މިނިސްޓަރ ސަމީރުގެ ދައްތަ ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 10:37
0

ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުގެ ދައްތަ ނިޔާވެއްޖެއެވެ.

ސަމީރު ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ އޭނާގެ ދައްތަ ނިޔާވެފައިވަނީ ކޯވިޑަށް ފަރުވާ ހޯދުމަށް 21 ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ސަމީރުގެ ދައްތަ ނިޔާވިއިރު އުމަރަކީ 60 އަހަރެވެ.

މި މަރާއި އެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ ދުއިސައްތައާއި ގާތްކޮށްފައެވެ. މިހާތަނަށް 192 މީހުން ރާއްޖެއިން ނިޔާވިއިރު އޭގެތެރޭގައި ހިމެނެނީ 175 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި ރާއްޖޭގެ ހާލަތު މިދިޔަ މަހު ގޯސްކޮށް އޮތުމަށްފަހު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މިދިޔަ މޭމަހު ދުވާލަކަށް ކޯވިޑް ޖެހޭ މީހުންގެ އަދަދު 1000 މަތީގައި 19 ދުވަހު ހުއްޓެވެ. އަދި މަހުގެ 20 ވަނަ ދުވަހު މިއަދަދު ވަނީ 2000 މައްޗަށްވެސް އަރާފައެވެ. މޭމަހު ކޯވިޑްގެ ހާލަތު ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުން މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އައިސް މިހާރުވަނީ އަދަދުތައް 500 އިން ދަށަށް ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.