ކޯވިޑް-19 : އިތުރު 67 މީހަކަށް ބަލިޖެހި އަދަދު 10465 އަށް

ކޯވިޑް-19 : އިތުރު 67 މީހަކަށް ބަލިޖެހި އަދަދު 10465 އަށް

ގުޅުންހުރި

ރާއްޖެއިން އިތުރު 67 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހުކުރުދުވަހުގެ 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 67 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 41 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 26 މީހެއް ކަމަށެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 10465 އެވެ.

އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިތުރު ވެފައި ވާއިރު ލ.އަތޮޅަށް ތަމްރީންތަކެއް ހެދުމަށް ގޮސްތިބި ސިފައިންތަކެއްގެ ތެރެއިން 26 މީހަކު މިއަދު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1114 މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 526 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 73 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 97 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9310 އަށް އަރާފައެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ.ވިލިނގިލީގައި 6 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 1555 ސާމްޕަލް ޓެސްޓް ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *