އިނގިރޭސި ވިލާތުގެ ޓްރެވަލް ކޮރިޑޯސް ލިސްޓުގައި ރާއްޖޭގެ ނަން ހިމަނައިފިއެވެ.
މި ލިސްޓުގައި ހިމެނޭ ގައުމުތަކާއި ތަންތަނުން އިނގިރޭސި ވިލާތަށް ވަންނަ އެ ގައުމުގެ ރައްޔިތުން 14 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. މި ލިސްޓަކީ ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭ ގައުމުތައް ހިމަނައިގެން އަޕްޑޭޓްކުރަމުން ގެންދާ ލިސްޓެކެވެ.
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ޝޭޕްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި އެކު އިތުރު 3 ތަނެއް މިލިސްޓަށް މިހާރު އިތުރުކޮށްފައި ވާކަމަށެވެ. އެއީ ކެނެރީ އައިލެންޑްސް އާއި ޑެންމާކުގެ އިތުރުން ގްރީސްގެ ރަށެއް ކަމަށްވާ މިކޮނޯސް އެވެ. އަދި އަންނަ އާދީއްތަ ދުވަހުގެ ފަތިހު 4 އަކުން ފެށިގެން މި ހަތަރު ތަނުން އިގިރޭސިވިލާތަށް އެތެރެވާ އެ ގައުމުގެ ރައްޔިތުން 14 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރާކަށް ނުޖެހޭނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ވިދާޅުވިއެވެ.
UPDATE: Following an assessment of the latest data, the Canaries, the Maldives, Denmark and Mykonos have been ADDED to the #TravelCorridors list. From 4am on Sunday 25th Oct, you will no longer need to self-isolate if you arrive from those destinations. pic.twitter.com/vVF40XKS2t
— Rt Hon Grant Shapps MP (@grantshapps) October 22, 2020
މިކަމާގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އިނގިރެސި ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ދަންނަވާފައެވެ. ޝާހިދު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީގޮތުން އިޖްތިމާޢީ ގައިދުރުކަމާއިއެކު އުފެދިފައިވާ ރައްތަކެއް ކަމަށް ވުމުން، ފަތުރުވެރިން ހިތް އުފާކޮށްލައި ޗުއްޓީ ހޭދަކޮށްލަން އެންމެ ރައްކާތެރި މަންޒިލް ކަމަށެވެ. އަދި އެ ގައުމުގެ ވީހާވެސްގިނަ ފަތުރުވެރިންނަށް މަރުހަބާކިއުމަށް ރާއްޖެ ތައްޔާރަށް އޮތްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަނުން އިއްޔެ އާންމު ކުރި ތަފާސްހިސާބު ދައްކާގޮތުން މިމަހުގެ ފުރަތަމަ 15 ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ތިންވަނަ ގައުމަކީ އިނގިރޭސި ވިލާތެވެ. އެގައުމުން މިމަހު 525 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ކޮމެންޓު ފޮނުވާ