ޔޫރަޕުގެ ޤައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް މާދަމާ ރޭ ފަށަން ތައްޔާރުވެއްޖެއެވެ.
އެގޮތުން މުބާރާތް ހުޅުވުމުގެ ރަސްމީޔާތާއި، ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ރޯމް ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތުރުކީ އާއި އިޓަލީއެވެ. މުބާރާތް ހުޅުމުގެ ރަސްމީޔާތު މާދަމާ ރޭ ރާއްޖެ ގަޑިން 11:00 ގައި ފަށާއިރު މެޗު ފަށާނީ 12:00 ގައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތަކަށް ވާއިރު، މި އަހަރު ބާއްވާ ޔޫރޯ އަކީ މިދިޔަ އަހަރު ބޭއްވުމަށް ކުރިން ޝެޑިއުލްކުރި މުބާރާތަކެއެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވިކަމާއެކު އޭރު ކޯވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން ޔޫރޯ ވަނީ މިއަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން މި އަހަރު މާދަމާ ރޭ މި ފަށާ ޔޫރޯ އަކީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެއެވެ.
24 ޤައުމު ވާދަކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިފަހަރު ކުރިޔަށްދާނީ 11 ސިޓީއެއްގައެވެ. އަދި މުބާރާތުގައި ވާދަކުރާ 24 ޓީމު ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ.
ގްރޫޕް އޭ: އިޓަލީ، ސްވިޓްޒަލެންޑް، ތުރުކީ، ވޭލްސް
ގްރޫޕް ބީ: ބެލްޖިއަމް، ޑެންމާކް، ފިންލެންޑް، ރަޝިއާ
ގްރޫޕް ސީ: އޮސްޓްރިއާ، ނެދަލެންޑްސް، ނޯތު މެސަޑޯނިއާ، ޔޫކްރޭން
ގްރޫޕް ޑީ: ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އިންގްލެންޑް، ސްކޮޓްލެންޑް
ގްރޫޕް އީ: ޕޮލެންޑް، ސްލޮވާކިއާ، ސްޕެއިން، ސްވިޑެން
ގްރޫޕް އެފް: ފްރާންސް، ޖަރުމަނު، ހަންގޭރީ، ޕޯޗުގަލް
މިފަހަރުގެ ޔޫރޯގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގަޑިއެއްގައެވެ. އެ ގަޑިތަކަކީ، އިރުއޮއްސި 6:00 އަދި ރޭގަނޑު 9:00 ގެ އިތުރުން 12:00 އެވެ.