ޖޭޕީގެ ސްލޮޓްގައި ހެލްތު މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ޖޭޕީން ހުށަހެޅި ތިން ނަންވެސް ޤަބޫލުނުކޮށް އެމްޑީޕީގެެ ބޭފުޅަކަށް މަޤާމުން ދެއްވައިފިއެވެ.
ޚަބަރު އޮންލައިނަށް ވަރަށް މުޢުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތު މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކުރުމަށް ނަމެއް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ދަންނަވާފައެވެ. މިޢާއިއެކު ޖޭޕީން ވަނީ އެޕާޓީން މިމަޤާމަށް އައްޔަންކުރާ ތިން ނަން ރައީސްއަށް ހުށަހަޅުއްވަފައެވެ.
ޖުމްހޫރީ ޕާޓީން ހެލްތު މިނިސްޓަރަކަށް ހުށަހެޅި ތިން ބޭފުޅުން:
1. އާދަމް އާޒިމް / އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ
2. ޝާހު މާހިރު / ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
3. ހުސެއިން ރަޝީދު / ކުރީގެ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް
މިބޭފުޅުންގެ ތެރެއިން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރާނެކަމަށް ޖޭޕީގެ ގިނަ ބޭފުޅުންގެ އަދި ގިނަބަޔަކުވެސް ދެކެމުންދިޔައީ މިހާރުގެ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަ އާދަމް އާޒިމެވެ. ނަމަވެސް ފަހު ވަގުތު މިނަންތައް ބަލައި ނުގަނެ އެމްޑީޕީގެ ބޭފުޅަކަށް މި މަޤާމު ދިން ސަބަބެއް ޖޭޕީއަށްވެސް އަންގާފައި ނުވެއެވެ.
މިމަޤާމަށް މިއަދު އައްޔަންކުރި ނަސީމަކީ އެމްޑީޕީގެ ޚާރިޖީ މަސައްކަތުގައ ގިނަ ދުވަސް ވަންދެން ހަރަކާކްތެރިވެ، އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ނަސީމްއަކީ ޓުވަރިޒަމް މިނިސްޓަރުގެ މަޤާމުން އަލީ ވަހީދު ވަކިކުރުމާއި ގުޅިގެންވެސް އެމަޤާމަށް އައްޔަން ކުރައްވާނެކަމަށް އޭރު އަޑުފެތުރުނު އެއްބޭފުޅެކެވެ. ނަސީމް މިމަޤާމަށް އައްޔަން ކުރުމާއި ގުޅިގެން އެމްޑީޕީގެ ގިނަބަޔަކު ދަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ.
ކޮމެންޓު ފޮނުވާ