ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު އަނެއްކާވެސް 500 އިން މައްޗަށް ޖެހިލައިފި އެވެ.
ފާއިތުވީ ސައްވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް 590 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 389 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 195މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވީ 6 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 67،538 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި އުޅޭއިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 20،014އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 191މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1603 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 47،333 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،256 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 182އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 165 ދިވެހިންނާއި 17 ބިދޭސީންނެވެ.