ރާއްޖޭގައި ޒުވާނުންގެ ކުރިމަގު އޮތީ ބަންދުވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް(ސެންބެ) ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޒުވާނުންގެ ދުވަހާއި ގުޅިގެން މެންބަރު ޙުސައިން ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ފަޑުވިދާލުވަމުން ވަނީ ޒުވާނުންގެ ކުރިމަގު ބަންދުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކުރިމަގަށް ކުރި އެތަކެއް އުންމީދެއް އޮޔާގޮސް ސަލާންޖަހަން ޖެހިފައިވާކަމަށްވެސް މެންބަރު ވިދާޅުވެފައިވެއެވެ.
ގަސްތުގައި ބަޔަކު ރާވައިގެން ގައުމާއި ޖަމާޢަތައްވުރެން ބޮޑަށް އަމިއްލަ މަޞްލަޙަތު އިސްކުރުމީ މިކަމުގެ ޙަޤީގަތް.
-ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް
ޒުވާނުންގެ ކުރިމަގު ވަނީ ބަންދުވެފައި، ކުރިމަގަށް ކުރި އެތަކެއް އުންމީދެއް އޮޔާގޮސް ޖެހުނީސަލާން ޖަހަން. ގަސްތުގައި ބަޔަކު ރާވައިގެން ގައުމާއި ޖަމާޢަތައްވުރެން ބޮޑަށް އަމިއްލަ މަޞްލަޙަތު އިސްކުރުމީ މިކަމުގެ ޙަޤީގަތް.
— Hussain Mohamed Latheef (@HucenSembe) October 22, 2020
މެންބަރު ޙުސައިން މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނަމުންދަނީ މިހާތަނަށް ޒުވާނުންގެ ކުރިއެރުމާއި ޒުވާނުން ބިނާކުރުމަށް އެންމެ ބިޑު ހޭދައެއްކޮށްފައިވަނީ މިސަރުކާރުންކަމަށެވެ. އަދި އެކަމުގެ ނަތީޖާ ރަނގަޅުކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ