Ad
ޤައުމުގެ ކަންކަން ނިންމާނީ ޒުވާނުންގެ ބަސް ހިމަނައިގެން: ރައީސް

ޤައުމުގެ ކަންކަން ނިންމާނީ ޒުވާނުންގެ ބަސް ހިމަނައިގެން: ރައީސް

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 12:06
0

ޤައުމުގެ ކުރިމަގު ބިނާކުރުމަށް ނިންމާ ނިންމުންތަކުގައި ޒުވާނުންނަށް ބަސް ބުނުމުގެ ފުރުޞަތު ދެއްވާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ ދަންނަވައިފިއެވެ،

މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ ޤައުމު ކުރިއެރުވައި ހެޔޮ މިސްރާބަށް ގެންދިއުމުގައި އެންމެ އިސް ބަޔަކީ ޒުވާނުންކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ ޤައުމުގެ ކުރިމަގު ބިނަކުރުމަށް ހުރި ކަންކަމުގައި ޒުވާނުންގެ ބަސް މުހިންމުކަމަށާއި އެފުރުޞަތު ޒުވާނުންނަށް އޮންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސަރުކާރުން އަންނަނީ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދީ ޒުވާނުންނަށް ތަޢުލިމާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދެމުންނެވެ. އަދި ޒުވާނުން ބިނާކުރުމަށްވެސް ސަރުކާރުން ބޮޑު ޚަރަދެއް ކުރަމުން އަންނައިރު ދައުލަތުގެ ބަޖެޓުން އެކަމަށް ބޮޑު ޢަދަދެއް ކަނޑައަޅާފައިވެއެވެ.

ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ޒުވާނުންގެ ދުވަސް އޮކްޓޫބަރު 22 ގައި ފާހަގަކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މީގެ 12 އަހަރުކުރިން ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވހިރައްޔިތަކަށް އިންތިޚާބުތަކުގައާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގުދިނުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރި ދުވަސްކަމަށްވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.