ކޯވިޑް-19 ބަލީގައި މިއަދު ތިން ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑް ބަލީގައި މިއަދު ނިޔާވި ތިންވަނަ މީހަކީ އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ކޯވިޑް ޓެސްޓް ޕޮޒިޓިވް ވެފައިވުމުން ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައި ވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މިއާއެކު ކޯވިޑް ބަލި ޖެހިގެން ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު 161 އަށް މިވަނީ އަރާފައެވެ.
ކޯވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި ޢުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މެންދުރު ފަހު، ދަރުމަ ވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފަ އެވެ.
ކޯވިޑް ބަލިޖެހިގެން ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު 161 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 145 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ