ކޯވިޑް-19 އަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު ނިޔާވެ ރާއްޖޭގައި މި ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު 160 އަށް އަރައިފި އެވެ.
ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބުނު ގޮތުގައި މިއަދު ހަވީރު މި ބަލީގައި ނިޔާވެފައިވަނީ ދަރުމަ ވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ މިއަދު މިބަލީގައި ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ހެނދުނު ކޯވިޑް ބަލީގައި ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި ޢުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ކޯވިޑަށް ފަރުވާކުރަނިކޮށް މީހުން ނިޔާވަމުން ދިއުމަށްފަހު، މިއީ 24 ގަޑިއިރުފަހުން ނިޔާވި ފުރަތަމަ މީހާއެވެ.
ކޯވިޑް ބަލިޖެހިގެން ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު 160 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ