ވޯގް މަޖައްލާއަށް ދާދިފަހުން ޕްރިޔަންކާ ޗޯޕްރާ ނަގާފައިވާ ފޮޓޯޝޫޓުންދީޕިކާ ޕަޑްކޯންގެ ފޮޓޯ ޝޫޓެއް ހަނދާން އާވާކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާ ތަކާއި ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ. ބައެއް ބެލުންތެރިން ބުނެފައިވާ ގޮތުގައި މި ފޮޓޯ، ދީޕިކާ ކުރިން ނަގާފައިވާ ފޮޓޯ ޝޫޓްއަކާއި ވަރަށް ވައްތަރެވެ. ދެ ފަންނާނުންވެސް ލައިފައި ހުރީ އެއްވަތަރުގެ ކަޅުކުލައިގެ ހެދުމެވެ.
މިވާހަކަތަކަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ވަނީ ސޯޝަލް މީޑިއާގައި ރައްދު ދީފައެވެ. ނަމަވެސް މަދޫގެ ވާހަކަތަކުގެ ސަބަބުން ގިނަ ފޭނުން އެހާ ހިތްހަމައެއް ނުޖެހުނެވެ.
ފޮޓޯއާ ގުޅޭގޮތުން ޕްރިޔަންކާގެ ބުނެފައިވަނީ "އެއީ އެއްވައްތަރުގެ ހެދުން ނޫންކަން ލޯސަލާމަތުން ހުރި އެންމެނަށް ވެސް އެނގޭނެ. އެހެންނޫނަނަސް މި ކަހަލަ ހެދުން އެންމެ ރަނގަޅަށް ލަނީ ޕްރިޔަންކާކަން އެނގޭނެ" މިހެންނެވެ.
Only a blind will think they are wearing same@outfit. Besides Pri always carries Haute couture better
— madhu chopra (@madhuchopra) May 26, 2021
މަދޫގެ މި ރައްދަށް ބައެއް ބެލުންތެރިންވަނީ ފާޑު ކިޔާފައެވެ. އެގޮތުން މަންމަ އިން މި ދޭތެރެއަށް ނުވަނުމަށް ބައެއް ބެލުންތެރިންވަނީ ކޮމެންޓު ކޮށްފަ އެވެ. އަދި ދެފަންނާނުން ވެސް ރީތި ކަމަށާއި މިއީ ހަމައެކަނި އެ ފަންނާނުންގެ ސަޕޯޓަރުން މުނިފޫހި ފިލުވުމަށް ދެކެވޭ ވާހަކަ ކަމަށްވެސް ބެލުންތެރިންވަނީ ބުނެފައެވެ.
ދެމީހުންގެ ފިލްމީ މަސައްކަތަށް ބަލާލާއިރު ދީޕިކާގެ ކުރިއަށް ހުރި މަސައްކަތްތައް ތެރޭ ހިންދީ ފިލްމު "ޕަތާން" އަދި "ދި އިންޓާން"ގެ ހިންދީ ރީމޭކްގެ މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޕްރިޔަންކާ މިއާރަކަށް އައިސް ގިނައިން މަސައްކަތްކުރަނީ ހޮލީވުޑްގެ ޕްރޮޖެކްޓް ތަކުގައެވެ. އެގޮތުން އޭނާގެ ފުރަތަ ވެބްސީރީޒް "ސިޓަޑެލް" ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ