ނިކްގެ ބޮލުގައި ޕްރިޔަންކާގެ ލޯބީގެ ނިޝާން

ނިކްގެ ބޮލުގައި ޕްރިޔަންކާގެ ލޯބީގެ ނިޝާން

Author
ފާތިމަތު ނާވީ
31 މެއި 2021 03:31
0

ނިކް ޖޯނަސްގެ ބޮލުގައި ޕްރިޔަންކާ ޗޯޕްރާގެ ލިޕްސްޓިކްގެ ނިޝާން ހުރި ފޮޓޯ ޕްރިޔަންކާ ވަނީ ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. މި ފޮޓީ ހިއްސާކުރަމުން ޕްރިޔަންކާ ބުނެފައިވަނީ އޭނާ އޭނާގެ ފިރިމީހާ މަތިން ވަރަށް ހަދާންވާ ކަމަށެވެ.

މި ޕޯސްޓަށް ވަރަށް ގިނަ ބެލުންތެރިންގެ ކޮމެންޓުތައް ވަނީ ލިބިފައެވެ. ޕްރިޔަންކާ ދަނީ އޭނާގެ ލޯބި ތަފާތު ގޮތްގޮތަށް ހާމަކުރަމުންނެވެ. އަދި ހަމަ އެހެންމެ މި ލޯބި ފޭނުންނާ ހިއްސާ ކުރުމަށް އޭނާ ފަހެއް ނުޖެހެއެވެ.

މިވަގުތު ނިކް ހުރީ ލޮސް އެންޖަލިސްގައެވެ. ރިއަލިޓީ ޝޯ "ދަ ވޮއިސް" ގެ މަސައްކަތްތަކުގައެވެ. ނިކް އަކީ މި ޝޯގެ އެއް ކޯޗެވެ.

ޕްރިޔަންކާ މިވަގުތު މަސައްކަތް ކުރަމުން ދަނީ ރިޗާރޑް މެޑެން އާއި އެކުގައި "ސިޓަޑެލް"އަށެވެ. މިއީ ސްޕައި ސީރީޒެކެވެ. ހަމައެހެންމެ އިންޑިއަން ވެޑިންގ ކޮމެޑީ ފިލްމެއްގައި މިންޑީ ކަލިންގ އާއެކުވެސް ޕްރިޔަންކާ ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިސްޔޫޓޫ
ދެން ދިވެހިން މި ކޮޕީ ކުރަން ވީ އަވަހަށް. ލިޕުސްޓިކުޖައްސައިގެން މޮޅު ތަނަކަށް ތައްގަޑު ޖަހާލާފަ ފޮޓޯ ލާން ވީ. ޕްރިޔަންކާ އަށްވުރެން މިކަން މޮޅަށް ކުރެވޭތޯ ބަލަން ވާނެ. ޕްރިޔަންކާ މާ ފޭޑް ކޮށް ތައްގަނޑު އިނީ. ކުލަމަޑު ވަރަށް.