ސަލާމަތީ ޚިދުމަތްތަކަކީ ވާހަކަ މަދު އަމަލު ގިނަތަންތަނަށް ވާންޖެހޭ: މުހުތާޒް

ސަލާމަތީ ޚިދުމަތްތަކަކީ ވާހަކަ މަދު އަމަލު ގިނަތަންތަނަށް ވާންޖެހޭ: މުހުތާޒް

Author
މުޙައްމަދު ޖިމީ
29 މެއި 2021 11:57
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހަރާކޮށލްުމަށް ދިން ހަމަލާއިން އެނގިގެންދިޔަ ހަގީގަތަކީ އެމަނިކުފާނަށް ރައްކާތެރިކަން ދިނުމުގައި ސަލާމަތީ ބާރުތަކުން ނުކުޅެދިފައިވާކަންކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވެފައިވަނީ، ޝީދު އެ މަނިކުފާނުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާ ނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގިކަމަށް ބުނެ މިހާރު ނޫހުން ޢާންމުކުރި ލިޔުމަކަށް އެމްޑީޕީއާއި، ބައެއް މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.

މުހުތާޒް ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކަކީ ވާހަކަ މަދު އަމަލު ގިނަތަންތަނަށް ވާންޖެހޭކަމަށެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއިން އެނގިގެންދިޔަ ހަގީގަތަކީ އެމަނިކުފާނަށް ރައްކާތެރިކަން ދިނުމުގައި ސަލާމަތީ ބާރުތަކުން ނުކުޅެދިފައިވާކަންކަމަށް ވިދާލުވެ މުހުތާޒް ވަނީ ބޭކާރު ވާހަކަ ގިނަކުރުމުގެ ބަދަލުގައި ޒިންމާ އަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

ސަލާމަތީ ޚިދުމަތްތަކަކީ ވާހަކަ މަދު އަމަލު ގިނަތަންތަނަށް ވާންޖެހޭ. ރައީސް ނަޝީދަށްދެވުނު ހަމަލާއިން އެގިގެންދިޔަ ހަގީގަތަކީ އެމަނިކުފާނަށް ރައްކާތެރިކަން ދިނުމުގައި ސަލާމަތީ ބާރުތަކުން ނުކުޅެދިފައިވާކަން. ބޭކާރު ވާހަކަ ގިނަކުރުމުގެ ބަދަލުގައި ޒިންމާ އަދާކުރެއްވުން ކީއްތޯ؟

– މުހުތާޒް މުހުސިން

މުހުތާޒް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް އަންގާފައިވަނިކޮށްކަން ވަނީ ހާމަވެފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢޫލޫމާތު ޢާންމުންގެ މީހަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ހިއްސާކޮށްފައެވެ. އެއީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރެއްވެސް މެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ހަވާލާދީ އެނގިފައިވާގޮތުން އެއީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.

މެންބަރު އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ފޯނުން ގުޅުއްވާ 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ. އެވާހަކަފުޅާއި ގުޅިގެން މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.