ކޯވިޑް ހާލަތު ގާތުން ބެލުމަށް ކޮންމެ އަތޮޅަކަށް ހާއްސަ މަންދޫބެއް

ކޯވިޑް ހާލަތު ގާތުން ބެލުމަށް ކޮންމެ އަތޮޅަކަށް ހާއްސަ މަންދޫބެއް

Author
ޢަލީ އާދަމް
29 މެއި 2021 10:43
0

ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް19 ބަލިމަޑުކަމުގެ ސަބަބުން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކޮށް، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވާކަމަށެވެ.

މިބޭފުޅުން މަސައްކަތްކުރައްވާނީ، ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައި ކޯވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ހިނގާނުހިގާ ގޮތް މޮނިޓަރ ކުރެއްވުމަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ފަރާތުން ކޮންމެ އަތޮޅަކަށް އިސް ބޭފުޅަކު ކަނޑައެޅުއްވީ، ކޮވިޑުގެ ހާލަތު ގާތުން މޮނިޓާކޮށް ހަރުދަނާ ކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާކޮށް މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.

ކޯވިޑް ބަލިމަޑުކަން މީގެކުރިން މާލޭ ސަރަހައްދުގައި ހަލުވި ކަމާއިއެކު ފެތުރެމުން ދިޔަ ނަމަވެސް ފާއިތުވި މަހެއްހާދުވަސް ތެރޭގައި ރާއްޖޭގެ އެކިއަތޮޅުތަކުގައި މިބަލި ހަލުވި މިނެއްގައި ވަނީ ފެތުރިފައެވެ. މީގެ އިތުރުން ރާއްޖެއިން މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ކުއްލިއަކަށް ވަނީ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ކޮލަރާގެ ދުވަސްވަރު ދެތިން ފިބާއަކާއި ޕިން ފޮށްޓަކާއި ވޯކީޓޯކީ އަކާއި ރޭޑިޔޯ ސެޓަކާ ހިފައިގެން އިނދެ މަރުޙޫމު ސައިކުރާ ނަޢީމު ކުރިވަރު މިތަޢުލީމީ ޓެކުނޮލޮޖީގެ ދުވަހު ނުކުރެވުނު.އެދުވަހު ވަޅު ތަކަށް ބޭސް އަޅާ ބަލިމީހުންނަށް ބޭސްދީ ޖޫސް ދެންޏާ ޖޫސްދީ ގަޑިން ގަޑިއަށް ބަރާބަރަށް ރައީސަށް ރިޕޯޓު ދެވުނު. ނައީމު އަތުގަ އެއްޑިގުރީއެއްނެތް