ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އައި ޢުމުރުން 69 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިއަދު ނިޔާވި 3 ވަނަ މީހާއެވެ.
އެންމެ ފުރަތަމަ ނިޔާވެފައިވަނީ ރޭ މެންދަމު 02:15ގައި ޢުމުރުން 54 އަހަރުގެ ފިރިހެނެކެވެ. އަދި ދެވަނައަށް ނިޔާވެފައިވަނީ ފަތިހު 05:55 ހާއިރު ޢުމުރުން 47 އަހަރުގެ ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 154އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 138 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ