ބަލިމީހާއަށް އަނިޔާކުރި މީހާގެ ބަންދަށް 15 ދުވަސް

ބަލިމީހާއަށް އަނިޔާކުރި މީހާގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޖިމީ
28 މެއި 2021 12:13
0

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ކޯވިޑް ބަލިމީހަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އޭނާގެ ބަންދުގައި ބަހައްޓާން 15 ދުވަސް ކޯޓުން ޖަހައިދީފައިވަނީ އިއްޔެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އެހީތެރިވުމަށް އާއިލާއިން ބަހައްޓާފައިވާ އެހީތެރިޔާ، ބަލިމީހާއަށް އަނިޔާކުރި މައްސަލާފައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަންގެ ޢުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

އޭނާ އަނިޔާކޮށްފައިވަނީ ކޯވިޑް ފެސިލިޓީގައި އޮތް ޢުމުރުން ދުވަސްވީ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށެވެ.

ކޯވިޑް މެޑިކަލް ފެސިލިޓީއެއްގައި އޮތް ޢުމުރުން ދުވަސްވީ ބަލިމީހަކަށް އަނިޔާކުރާ ވީޑިއޯ ނަގާފައިވަނީ އެ ފެސިލިޓީގެ ތެރޭގައި އެހެން ބަލިމީހެއް ނުވަތައޭނާގެ އެހީތެރިއެކެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޢުމުރުން ދުވަސްވީ މީހާ ޝަކުވާއެއް ކުރުމުން، ޑޮކްޓަރު އަންނަންދެން މަޑު އޮތުމަށް އިންޒާރުދީ އޭނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހާތަން ފެނެއެވެ. މިއާއެކު އެ ބަލިމީހާ ވަނީ ބާރަށް ރޯން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.