ތަހުގީގުގެ މަޢުލޫމާތު މިހާރު ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ: އެމްޑީޕީ

ތަހުގީގުގެ މަޢުލޫމާތު މިހާރު ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ: އެމްޑީޕީ

Author
މުޙައްމަދު ޖިމީ
28 މެއި 2021 11:18
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅޭ ތަހުގީގުގެ މަޢުލޫމާތު ފުލުހުން، ސީދާ އެމަނިކުފާނަށް ދެއްވުމަށް، އެދިފައިވާނެކަމަށާއި، އަދި އެގޮތަށް އެމަޢުމާތު ހިއްސާކުރާނެކަމަށް ފުލުހުން ބުނެފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ އޮފީހުގައި ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގީ މަޢުލޫމާތު އެމަނިކުފާނަށް ދެއްވުމަކީ މުހިންމުކަމެއްކަމަށާއި، އެހެންކަމުން އެ މަޢުލޫމާތު ސީދާ ރައީސް ނަޝީދަށް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އަރިހުގައި އެދިވަޑައިގެންފައިވާކަމަށެވެ. އަދި އެ މައުލޫމާތު ރައީސް ނަޝީދަށް އަރުވަމުންދާނެކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވާކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް ވިދާޅުވީ، އެމްޑީޕީން މިވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބެލުން ކަމަށެވެ. އަދި މިކަމުގެ ވަށައިގެންވާ ކަންކަން ސާފުވަންދެން ހުއްޓުމެއްނެތި އެޕާޓިން ބަލަމުންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތަހުގީގްގެ މައުލޫމާތު ދެއްވަަމަށް އެމްޑީޕީން އެދިފައިވާއިރު، ތަހުގީގުގެ މަޢޫލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހިވަޑައިގަންނަވާތީ ރައީސް ނަޝިދުވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު އެކަންބޮޑުވުން ފާޅުކުރައްވާކަން ހާމަކުރައްވާފައިވަނީ ރައީސް ނަޝީދާއި އަރިސް ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީލް (ދޮންބިލަތް) އެެވެ. އެގޮތުން ހަލީލް ވިދާޅުވީ، ރައީސް ނަޝީދާއި ވާހަކަ ދެއްކުމުގެ ފުތުޞަތު  ލިބިވަޑައިގެންނެވިކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގެ މަޢުލޫމާތު ސީދާ އެމަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން މަޢުލޫމާތު ސާފުކުަރން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވެފައިވާކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ބަޔަކު ފައިސާ ޚަރަދުކުރިތޯއާއި އަދި އެފަދަ ބަޔަކު ތިބިނަމަ އެމީހުން ހޯދުމަށް އެމެރިކާގެ ތަޖުރިބާކާރެއް ވަރަށް އަވަހަށް ތަހުގީގް ޓީމާ ގުޅޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އެ ހަމަލާގައި އަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކުހައްޔަރުކޮށްފައިވާކަމަށާއި، އެ ހަމަލާ ދިނުމަށް އެކި ގޮތްގޮތުން ބައވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މިހާތަނަށްވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުންމަތިން
މިގޮތުން މކަހަލަނުރައްކާހުރިހާ ކަމެއްގެ މައްސަލަތައް ތަހުގީގު ކުރާއިރު އަނިޔާ ލިބުނު ފަރާތުގެ އާއިލާއައްވެސް ތަހުގީގީ މަރުހަލާގައި މައުލޫމާތުނުދީ ވަކިމީހަކައްވީމާ އެއްގޭގެފެންޑާ މަތީގާމައްސަލަބެލީމާކޮބައި އިންސާފު؟؟