ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އިތުރު 2 މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ދެމީހުންނެވެ.
އެންމެ ފުރަތަމަ ނިޔާވެފައިވަނީ ރޭ މެންދަމު 02:15ގައި ޢުމުރުން 54 އަހަރުގެ ފިރިހެނެކެވެ. އަދި ދެވަނައަށް ނިޔާވެފައިވަނީ ފަތިހު 05:55 ހާއިރު ޢުމުރުން 47 އަހަރުގެ ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 153އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 137 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ