ރައީސްއާއި މުޢިއްޒު ބައްދަލުކުރެއްވުން: ގުޅީފަޅު ބޯހިޔާވަހިކަމަށް ޚާއްޞަ މަންޒިލަކަށް ހެދުން!

ރައީސްއާއި މުޢިއްޒު ބައްދަލުކުރެއްވުން: ގުޅީފަޅު ބޯހިޔާވަހިކަމަށް ޚާއްޞަ މަންޒިލަކަށް ހެދުން!

Author
މުޙައްމަދު ޖިމީ
27 މެއި 2021 09:44
0

ގުޅީފަޅު ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ވަނީ ބައްދަލުކުރައްވާ މާލޭގެ ޕްލޭނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ، ރައީސް ޞާލިޙައި ބައްދަލުކުރައްވާ ގުޅީފަޅަކީ ބޯހީޔާވަހިކަމަށް އެކަނި ޚާއްޞަ ތަނަކަށް ހެދުމަށާއި، އެތަނުގައި ޕޯޓް އެޅުމަށް ކޮށްފައިވާ ޕްލޭނަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައިވާނެކަމަށެވެ. މުޢިއްޒު ވިދާޅުވީ، ރައީސްއާއި ކުރެވުނު މަޝްވަރާތަކުގައި އެންމެ ބޮޑުކމަށް އެދިވަޑައިގަތީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި ގުޅޭގޮތުންކަމަށެވެ. އެކަމަށް މާލެއާއި އެންމެ ކައިރިން ގުޅިފަޅު ޚާއްޞާކޮށް، އެތަނުން ގޯތި ދޫކުރުން ނުވަތަ ފްލެޓް ދިނުމަށާއި، އެއީ މާލޭގެ ރައްޔިތުން އެދޭގޮތްކަމަށް ދެންނެވިކަމަށެވެ.

ގުޅީފަޅަކީ މިސަރުކާރުން މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމާފައިވާ ތަނެވެ. މާލޭގެ ވިޔަފާރި ބަނދަރުތަކުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ބަނދަރުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތަކަކާ ކުރިމަތިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ބަނދަރުތަކުން ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްވެސް ބޮޑު ހުރަސްތަކެއް އެޅިފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ގުޅީފަޅުގައި އިންޓަރނޭޝަނަލް ޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މިކަންކަމަށް ޙައްލެއް ހޯދުންކަމަށް ސަރުކާރުން ބުނެއެވެ. ގުޅީފަޅުގައި ޕޯޓް އެޅުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް މިހާރުސ ަރުކާރުން ދަނީ ފަށައިގެން ކުރިއަށެވެ. އަދި އެކަމަށް ފައިނޭންސްވެސް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް މުޢިއްޒުގެ އެދިވަޑައިގަތުމަކީ މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ގުޅީފަޅުގައި ޕޯޓް އެޅުމަށް އެގްރިމަންޓް ހެދިފައިވުމާއެކު، އެ ޕްލޭނަށް ބަދަލު ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންގެ ހައްގުގައި އެތަން ގެދޮރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް އެދޭކަމަށް ދެންނެވިކަމަށް މުޢިއްޒު ވިދާޅުވިއެވެ. ސަބަބަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެކަނި ގޯތި ދޫކޮށްގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ހައްލު ނުލިބޭނެތީކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގުޅީފަޅު ޕޯޓް ހެދުމަށް ނިންމީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކޮށްފައިކަމަށް. އޭރުގެ ސަރުކާރުގެ ލިޔެ ކިއުންތަކަށްވެސް ބެއްލެވިކަމަށް ވިދާޅުވި. ނަމަވެސް އަޅުގަނޑު ދެންނެވިން ތިލަފުށި އެއީ ކުނި އަންދާގެން ކުނި ނައްތާލާތަނަކަށް ނުވާތީ އެ ސިޔާސަތަށް ބަދަލު ގެނެސްފައިވާނެކަމަށް.

– މޭޔަރު މުޢިއްޒު

މުޢިއްޒު ވިދާޅުވީ، ގުޅީފަޅުގެ ފައިނަލް ޕްލޭނަށް ބަދަލު ގެނައުމަށް މަޝްވަރާކުރުމަށް ކަމާ ގުޅުންހުރ ފަރާތްތަކަށް ދަންނަވާނެކަމަށާއި، އެގޮތަށް މަސައްކަތްކުރައްވާއިރު މާލެ ސިޓީ ކައުންސިލްވެސް ބައިވެރކޮށް އެކަންކަމށް ރިޔާއަތްކުރައްވާނެކަމަށް ރައީސް ދެންނެވިކަމަށް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މުޢިއްޒު ވިދާލުވީ ގުޅީފަޅުން ފަސް ހާހެއްހާ ގޯތި ދޫކުރެވޭނެކމަށެވެ. އެހެންކަމުން ގުޅީފަޅަކީ ގެދޮރުވެރިިކަމުގެ މަންޒިލަކަށް ބަދަލުކޮށް ތިލަފުށި ޕޯޓަށް ބަދަލުވާނެކަމުގެ އުއްމީދު އެބައޮތްކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ރައީސްއާއި ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާތަކުން އުއްމީދު އައުވެއްޖެކަމަށާއި، މޭލެ ސިޓީކައުންސިލުންވެސް ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށެވެ. އަދި އެކަމަށްް ގުޑުމެއް ނާންނާނެކަމުގެ ޔަޤީންކަމް މުޢިއްޒު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.