ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެވުނީތީ ހިތާމަކުރަން، އެކަމަށް މައާފަށް އެދެން: ލޯޔަރު ވައްޑެ

ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެވުނީތީ ހިތާމަކުރަން، އެކަމަށް މައާފަށް އެދެން: ލޯޔަރު ވައްޑެ

Author
މުޙައްމަދު ޖިމީ
27 މެއި 2021 09:21
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވުނީތީ ހިތާމަކުރައްވާކަމަށް، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޖް މުޙައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ލޯޔަރު ވައްޑެއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރކަން ބަދަލުކުރައްވާ، މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ސަރުކާރުގައި މަޖިލީހުގެ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވައްޑެއާއެކު އެ މެންބަރުންނަކީ ކުރީ ސަރުކާރު ބަދަލުކުރުމުގެ އެންމެ މުހިންމު ސަބަބުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެ މެންބަރުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް ޢަމަލީގޮތުން މަސައްކަތްކުރައްވާފައެވެ.

ނަމަވެސް މި ސަރުކާރަށް ފާޑުވިދާޅިވެ ވައްޑެ ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޞާލިޙްގެ މައްޗަށް ބޮޑު މުސާރަ ދެއްވާފައި އިތުރު ބޭފުޅަކު ނުލައްވަންތޯ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވުނީތީ ހިތާމަކުރައްވާކަމަށާއި، ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށްވެސް އެދޭކަމަށެވެ. ވައްޑެ ވަނީ ރައީސް ޞާލިޙް އިސްތިއުފާދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ރައީސްއެވެ. މަނިކުފާނުގެ މައްޗަށް މަނިކުފާނަށްވުރެ ބޮޑު މުސާރައެއް ދީފަ، ބޭރުގެ ޤައުމެއްގެ ރައީސްކަން ކޮށްފައިވާ ތަޖުރިބާކާރު ރައީސްއަކު ނުލައްވާނަންތޯ! މަނިކުފާނު ހޮވަން މަސައްކަތް ކުރެވުނީތީ ހިތާމަކުރަން. ރައްޔިޔުންގެ ކިބައިން މައާފަށްވެސް އެދެން. އިސްތިއުފާދެއްވާ!

– ލޯޔަރު ވައްޑެ

ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުން އެކި މަޤާމުތަކަށް ބޭރުގެ ތަޖުރިބާކާރުން، ބޮޑެތި މުސާރަތަކަށް ލައްވަމުން ގެންދަވާތީވެސް ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ހިތާމަކުރުމާއެކު ކުރެވުނުކަންތައް ރަގަޅުކުރުމައްނުކުންނަންވީ. އެއީބުއްިވެރިންގެގޮތަކީ.
ކ ކިނބޫ
މާފު ކޮށްފިން. އެކަމަކު އެއްވެސް ކަމަކު ދެން އަޅުގަނޑުމެން ގާތަށް ނާންނާތި. ތިބޭފުޅުން ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭކަމުގެ ހެއްކެއް، މިވަރު ބަޔަކު ވެރިކަމަށް ގެންނަން އުޅުނުކަމީ. އަޅުގަނޑުމެން ކަހަލަ ހޮޅުއަށީ މީހުންގެ ވިސްނުން މާ ތޫނު ނޫންތޯ! ދުވަހަކުވެސް އެމްޑީޕީގެ މަޅިއަކު ނުޖެހޭނެ ވިއްޔަ. ހަރުގެގަނޑަށް ބުރާލާނެ މެއްސެއް ނުވެ ބިމަށް ބޯހަރައިގެން އެމީހުން ތިއްބާ ކޮޅަށް ނަގާ ކާންދީ އޮކްސިޖަން ދީ ވަރުޖައްސައިގެން ނެރެފަ އެތިބީ ރައްޔިތުން ބޮލަށް ގުއި ރޭނެކަން ހަމަ ނޭނގުނީމަތޯ! ތިބޭފުޅުންނަކީ ގައުމަށް ލޯބިހުރި ހަރުދަނާ ބައެއް ކަމުގަ ކުރީގަ ބެލުނީތީ ހާދަ ހިތާމައެއް ކުރަން ޖައްސައިފީމުނޫންތޯ! ދެން ފުދިއްޖެ އިނގޭތޯ!
ހ ހައްވަ
ވައްޑޭ !! ވެރިކަން 30 އަހަރު ކޮށް އާޚިރަތައްވުރެ ދުނިޔެ ބޭނުން ދަންނަ ބޭކަލެއްގެ ދުނިޔަވީ އެދުން ބޮޑުވެ އުފެދުނު އަދާވާތްތެރި ކަން ހައްދު ފަހަނަ އަޅައި ދިޔައިރު އޭނާގެ ފަހަތްޕުޅުގައި އަތްތިލަބަޑި ޖަހައި މި ގައުމައް ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް ނިންމައި ގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމަށް ޖާހިލު މީހަކު އައްޔަންކޮއްފަ ހުރުމުން ނާއި އަދި ނޭގޭހާލުގައި ވެރިކަމަށް ދަހިވެތި ވެފައި ހުރުމުން ދެން ބޭރުގެ ފަރަންޖީގެ މަޝްވަރާ ހޯދައިގެންވެސް ހިފެހެއްޓެއިތޯ ބަލާ މަންޒަރު މިފެންނަނީ. ގައްދާރުންގެ ލިސްޓުން ވައްޑެއައް ބޯދަމައިގަނެވޭކަށް ނޯންނާނެ. ވައްޑޭ.
އ އެކޮއި
މިހާރުތޯ ވައްޑޭއައް އެގުނީ މިސަރުކާރަކީ ގޯސް ސަރުކާރެއްކަން މިހާވައްޑޭ އައްވިަްނުނީތީ އުފާކުރަން އެމްޑީޕީ ސަރުކާރެއް އޮވެގެން މިގައުމުގެ ރައްޔަތުން ނަކައް ދުވަހަކުވެސް ފައިދާއެއްނުކުރޭ