ކުރިން އަންދާޒާކުރި ޢަދަދަށްވުރެ ގިނައިން މިއަހަރު ފަތުރުވެރިން އަންނާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާލުވީ، މިއަހަރަށް ބަޖެޓް ތައްޔާރުކުރިއިރު ލަފާކުރީ 6 ލައްކަ ފަތުރުވެރިން އަންނާނެކަމަށެވެ. ނަމަވެސް އަންދާޒާކުރި މިންވަރަށްވުރެ އިޤްތިޞާދު ރަނގަޅުވުމުގެ ސަބަބުން އެއަށްވުރެ އިތުރަށް ފަތުރުވެރިން އަންނާނެކަމަށް މިހާރު ބެލެވޭކަމަށް އަމީރު ވިދާޅުވިއެވެ.
އެގޮތުން މިހާރު ފަތުރުވެރިން އަންނަ މިންވަރާއި އިޤްތިޞާދަށް އައި ބަދަލާއެކު 1 މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ ޢަދަދަކަސް ފަތުރުވެރިން އަންނާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިޤްތިޞާދު ރަނގަޅުވެފައިވަނީ ކޯވިޑުންރައްކާތެރިވުމަށް ވެކްސިން ޖަހަން ފެށމާއި، ސަރުކާރުގެ ސްޓިމިއުލަސް ޕެކޭުތަކުގެ ސަބަބުންކަމަށެވެ. މިކަމުގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭ ނުވަތަ ބެޑްނައީޓްގެ ނިސްބަތްވެސް އިތުރުވެފައިވާކަމަށެވެ. އަމީރު ވިދާލުވީ މިދިޔަ އަހަރު ބެޑް ނައިޓްސް ހުރީ 6.3ގައިކަމަށެވެ. ނަމަވެސް މިއަހަރު އެ ނިސްބަތްހުރީ 8.5އާއި 9 އިންސައްތައާއި ދެމެދުކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާލުވެފައިވާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައވެ. ނަމވެސް ފާއިތުވި މަސްތަކާއި އަޅާ ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ލަފާކުރެވެނީ، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އައުން ހުއްޓުމާއި ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެފައިވުމުން އެހެން ޤައުމުންތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2297 ފަތުރުވެރިންނެވެ.
ކޮމެންޓު ފޮނުވާ