ކޯވިޑް ގައި މިއަދުގެ 2 ވަނަ މަރު: އަދަދު 150އަށް

ކޯވިޑް ގައި މިއަދުގެ 2 ވަނަ މަރު: އަދަދު 150އަށް

ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އައި އިތުރު ދެމީހަކު ނިޔާވެ ރާއްޖެއިން މިބަލީގައި ނިޔާވީ މީހުންގެ އަދަދު 150 އަށް އަރައިފި އެވެ.

މިބަލީގައި މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މި ކޯވިޑް ބަލީގައި ދެން މިއަދު ހެނދުނު ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އައި މީހެކެވެ.

މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވީ ދިވެހީންގެ އަދަދު މިވަނީ 134 އަށް އަރާފައެވެ. މީގެ އިތުރުން 16 ބިދޭސީން ވެސް ރާއްޖޭގައި ވަނީ ކޯވިޑްބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *