މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ޢުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، މިއެކްސިޑެންޓް ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާވާފައި އޮތް ގާޑިޔާއެގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި މަރުވީ ގާޑިޔާގައި ޖެހުނު ސައިކަލުގެ ފަހަތުގައި އިން ޒުވާނެކެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާދެ،މުން ދަނިކޮށެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާވަނީ އެޗްސިޑެންޓްވުމާއެކު އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަނުކުރެއެވެ. މިއެކްސިޑެންޓް މިހިނގީ މާލޭގައި ކާފިއު ޢިއުލާންކޮށްފައި އޮތް ވަގުތެއްގައިކަމަށްވާއިރު، އެކްސިޑެންޓްވި ސައިކަލުގައި ދުއްވި ދެމީހުންނަކީ ކޮން ބޭނުމަކު ނުކުމެއުޅުނު ބައެއްކަމެއް އަދި ސާފެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ