ބަލިމީހާއަށް އަނިޔާކުރި ބިދޭސީ މީހާ ފުލުހުން ހައްޔަރުކޮށްފި

ބަލިމީހާއަށް އަނިޔާކުރި ބިދޭސީ މީހާ ފުލުހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
26 މެއި 2021 07:28
0

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ކޯވިޑް ބަލިމީހަކަށް އަނިޔާކުރި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އެހީތެރިވުމަށް އާއިލާއިން ބަހައްޓާފައިވާ އެހީތެރިޔާ، ބަލިމީހާއަށް އަނިޔާކުރި މައްސަލާފައި ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަންގެ ޢުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

އޭނާ އަނިޔާކޮށްފައިވަނީ ކޯވިޑް ފެސިލިޓީގައި އޮތް ޢުމުރުން ދުވަސްވީ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށެވެ.

ކޯވިޑް މެޑިކަލް ފެސިލިޓީއެއްގައި އޮތް ޢުމުރުން ދުވަސްވީ ބަލިމީހަކަށް އަނިޔާކުރާ ވީޑިއޯ ނަގާފައިވަނީ އެ ފެސިލިޓީގެ ތެރޭގައި އެހެން ބަލިމީހެއް ނުވަތައޭނާގެ އެހީތެރިއެކެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޢުމުރުން ދުވަސްވީ މީހާ ޝަކުވާއެއް ކުރުމުން، ޑޮކްޓަރު އަންނަންދެން މަޑު އޮތުމަށް އިންޒާރުދީ އޭނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހާތަން ފެނެއެވެ. މިއާއެކު އެ ބަލިމީހާ ވަނީ ބާރަށް ރޯން ފަށާފައެވެ. އަދި  އެ ބަލިމީހާގެ އެޙީތެރިޔާ އެތަނުން ދާތަން ފެނެއެވެ.

ބަލިމީހާއަށް އަނިޔާކުރާ ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއީ ފެސިލިޓީތަކުގައި ބަލިމީހުންނަށް ފަރުވާދެމުން އަންނަ ގޮތްތޯ ސިވާލުކޮށްފައެވެ. ނަމަވެސް އެއީ ފެސިލިޓީގައި ފަރުވާ ފޯރުކޮށްދޭން ތިބި ސިއްޙީ އެހީތެރިއެއް ނޫންކަން ސާފުވެއެވެ. ގިނަ ބަޔަކު އަންނަނ އޭނާ ހައްޔަރުކޮށް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.