ދިވެހި ދައުލަތުގެ ރުހުމަކާނުލައި ކޮންސުލޭޓެއް ހުޅުވުމަށް، ނިންމުމެއް ނުނިންމާނެ: ޑރ.ޑީޑީ

ދިވެހި ދައުލަތުގެ ރުހުމަކާނުލައި ކޮންސުލޭޓެއް ހުޅުވުމަށް، ނިންމުމެއް ނުނިންމާނެ: ޑރ.ޑީޑީ

Author
މުޙައްމަދު ޖިމީ
26 މެއި 2021 04:26
0

ދިވެހި ދައުލަތުގެ ރުހުމަކާނުލައި އިންޑިއާ ސަރުކާރުން ރާއްޖޭގައި ކޮންސިއުލޭޓެއް ހުޅުވުމަށް ނިންމުމެއް ނުނިންމާނެކަމަށް ވިދާޅުވެ، ރައީސް ރޭ ދެއްކެވި ވާހަކަފުޅަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ރައްދު ދެއްވައިފިއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާކަން އިއްޔެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.

އެވާހަކަތަކަށް ރައްދުދެއްވައި ކުރީގެ ުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ދެ ދައުލަތެެއްގެ ދޭތެރޭގައި ޤާއިމުކުރެވޭ “ކޮންސިޔުލާ” ގުޅުން ޤާއިމުކުރެވޭނީ ދެފަރާތުގެ ރުހުމާއެކުކަމަށެވެ. ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށް ދެވިފައިވާ ރުހުމަކީ އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ކޮންސިޔުލާ ގުޅުންވެސް ޤާއިމުކުރުމަށް ދެވިފައިވާ ރުހުމެއްކަމަށް ބެލެވޭނެކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

މިކަން ‘ވިއެނާ ކޮންވެންޝަން އޮން ކޮންސިޔުލަރ ރިލޭޝަންސް’ ގެ 2 ވަނަ މާއްދާގެ 1،2 އިން އެގޭ؛ ނަމަވެސް މީގެ މާނަޔަކީ ދިވެހި ދައުލަތުގެ ރުހުމަކާނުލައި އިންޑިއާޔަށް އައްޑޫ ސިޓީގައި “ކޮންސިޔުލޭޓް ޖެނެރަލް” އެއް ޤާއިމުކުރުމުގެ ބާރު ލިބިގެންވާ ވާހަކައެއް ނޫން.

– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

ޑރ.ޑީޑީ ވިދާޅުވީ، ދިވެހި ދައުލަތުގެ ރުހުމަކާ ނުލައި އިންޑިއާ ސަރުކާރުން އެފަދަ ނިންމުމެއް ނުނިންމާނެކަމާމެދު ޝައްކެއް ނެތްކަމަށެވެ.

މިކަމުގައި ވިސްނާލުން މުހިންމު ނުކުތާޔަކީ، އިންޑިއާއިން އައްޑޫސިޓީގައި “ކޮންސިޔުލޭޓް ޖެނެރަލް” އެއް ޤާއިމުކުރަން އުޅުމުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިތޯ؟

– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
މިއީ އަޅެފަހެ އިންޑިޔާގެ އަވަށަކީތަ؟ މީގެ ނަތީޖާ ދިވެހިންނަށް ވަރަށް ހިތިވާނެ.