މި ހާލަތުން އަރައިގަތުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލާ، ކުރީގެ މެންބަރުންގެ އެހީ ހޯދުމަށް ރީކޯ ގޮވާލައްވައިފި

މި ހާލަތުން އަރައިގަތުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލާ، ކުރީގެ މެންބަރުންގެ އެހީ ހޯދުމަށް ރީކޯ ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
26 މެއި 2021 04:08
0

ކޯވިޑް-19ގެ މިހާރުގެ ޙާލަތުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ޚާއްޞަ ކޮމިޓީއެއް އެކުލަވާލާ ކުރީގެ މެންބަރުންގެ އެހީތެރިކަން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދު އިތުރުވެފައިވާތީ، ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެހީތެރިވެ މިހާލަތުން އަރައިގަތުމަށް ޢާންމުންގެ އެހީއަށް އެޗްޕީއޭއާއި ސަރުކާރުން އެދިފައިވެއެވެ.

މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ، މީގެ ކުރިންވެސް ބޮޑެތި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރާ އުސޫލުން ޚާއްޞަ ކޮމެޓީއެއް އެކުލަވާލައިގެން ކޯވިޑްގެ ޙާލަތު ހަމަޔަކަށް އެޅެންދެން 24 ގަޑިއިރު ސަރުކާރާއެކު ރައްޔަތުންނާއި ގާތުން މެމްބަރުން މަސައްކަތްކޮށްދެއްވުމަށް އެދޭކަމށެވެ. އެގޮތުން ކުރީގެ މެމްބަރެއްގެ ގޮތުން އެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރުކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

ކުރީގެ މެންބަރުންގެ އެޙީ ހޯއްދެވުމަށް މޫސަ އެދިވަޑައިގެންފައިވާއިރު، ކޯވިޑްގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޢާންމުކޮށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ވޮލެންޓިއަރކޮށް މަސައްކަތްކަތް ކުރާނެ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ސިއްޙީ ދާއިރާ ނޫން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އެހީތެރިކަންވެސް އެޗްޕީއޭއިން ދަނީ ހޯދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.