ޕްރަބާސް ޓޮމް ކްރޫސް އާއެކު މިޝަން އިމްޕޮސިބަލް އަށް!

ޕްރަބާސް ޓޮމް ކްރޫސް އާއެކު މިޝަން އިމްޕޮސިބަލް އަށް!

Author
ޢަލީ އާދަމް
26 މެއި 2021 11:59
0

ސައުތު އިންޑިއަން ސުޕަރ ސްޓަރ ޕްރަބާސް ޓޮމް ކްރޫސް އާއެކު މިޝަން އިމްޕޮސިބަލް ފްރެންޗައިޒްގެ ތެރެއަށް އަން ޚަބަރު ތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

މުޅި ދުނިޔޭގައިވެސް ބޮޑު ސަމާލުކަމެއް ހޯދި ސައުތު އިންޑިއަން ޕީރިޑިކް ފިލްމު ބާހޫބަލީގެ ތަރި ޕްރަބާސް މިޝަން އިންޕޮސިބަލް 7ގެ މުހިންމު ރޯލަކުން ފެނިގެންދާނެކަމަސް ސޯޝަލް މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. އެގޮތުން މިޝަން އިންޕޮސިބަލްގެ ޑައިރެކްޓަރ ކްރިސްޓޮފަރ މިކަން ޔަގީންކޮށްދޭ ކަމަށާއި ޕްރަބާސް ފިލްމެއްގެ ޝޯޓިންގގައި އިޓަލީގައި އުޅެނިކޮށް ކްރިސްޓޮފަރ އޭނާއަށް ސްކްރިޕްޓްވެސް ކިޔާދީފައި ވާކަމަށް ސޯޝަލް މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ.

ޕްރަބާސް މިވަގުތު ހުރީ މިޝަން އިންޕޮސިބަލް 7ގެ މަސައްކަތުގައި އިޓަލީގައި ކަމަށާއި އޭނާ މަސައްކަތް ނިންމުމަށްފަހު ދާދިއަވަހަށް އިންޑިއާ އަށް އަންނާނެ ކަމަށްވެސް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން މިކަން އަދި ހާމަކޮށްފައެއްވެސް އަދި މިއީ ތެދު ޚަބަރެއްކަން ޔަގީންކޮށްދީފައެއްވެސް ނުވެއެވެ. ނަމަވެސް މި ޚަބަރަކީ ތެދު ޚަބަރެއްނަމަ ހޮލީވުޑްގެ އެކްޓަރ ޓޮމް ކްރޫސް އާއެކު ޕްރަބާސް ސްކްރީން ހިއްސާކުރާނެއެވެ. މިކަން ވެގެންދާނީ ސައުތު އިންޑިއަން ފިލްމް އިންޑަސްޓްރީއަށް ވަރަށްވެސް އުފާވެރި ޚަބަރަކަށެވެ.

މިޝަން އިންޕޮސިބަލް 7 ރިލީސްކުރުން ކަނޑައަޅާފައިވާ ތާރީހަކީ 2022 ވަނަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.