ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ޚިދުމަތް ދިނުމަށް ދަތިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާލުވީ މިހާރު ކުރިއަށްދާ ޕްރޮސެކޮންފަރެންސްގައެވެ.
ކޯވިޑް-19އިން ސަލާމްތްވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ޚާއްޞަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނުސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މިހާރު ރާއްޖެއިން ކަނޑައްތުކުރަމުން މިދަނީ ކޯވިޑް ފެތުރެންފށިފަހުން އެންމެ ހިތްދަތި އަދި ހިތާމަވެރި ދުވަސްރަުކަން ފާހަގަކުރައްވާ ވިދާޅުވީ، ކުޑަ ދުވަސްކޮޅަކަށް ބަލި ކޮންޓްރޯލް ކުރެވުމަށްފަހު މިދިޔަމަހުން ފެށިގެން ރާއްޖޭގައި ވަރަށް ބޮޑަށް ބަލި ފެތުރެން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހާ ބޯޑަށް ބަލި ފެތުރެން މެދުވެރިވި ގިނަ ސަބަބުތަކެއް ހުރިކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރޭގައި އޭޕްރީލް މަހުގެ ކުރީކޮޅުގެ ތެރޭގައި ދެވުނު ލުއިތައް ހިމެނޭކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ދަތުރުފަތުރުުރެވޭނެ ލުއިތަކާއި، މާލެ ސަރަހައްދުގައިވެސް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކުރުމަށް ދިން ލުއި ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިމަހު އެކަނިވެސް 28600އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 71 މީހުން ބަލީގައި ނިޔާވެފައިވާކަމަށްްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާތީ ރާއްޖޭޣެ ސިއްޙީ ނިޒާމް އޮތްގޮތް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރުގެތެރޭގައި ވަރުބަލިކަމެއް ނެތި ސިއްޙީ ޚިދުމަތްތެރިން ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށެވެ. ނަމަވެސް ފާއިތުވި 2 މަހު ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުން ބަލިޖެހޭ މީހުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް އަދިވެސް ސިއްޙީ ޚިދުމަތްތެރިން ތިއްބެވީ ދޫދެއްވާގޮތަށް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް ގިނަފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައިވާކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ބަލިން ސަލާމްތްވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ޚާއްޞަކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް، އަމިއްލަ ފަރާތްކުންވެސް އެއްބާރުލުން ދެއްވާ މި ހާލަތުން އަރައިގަތުމަށް އަތުކުރި އޯޅާލުން. މި ފިޔަވަޅުތައް ތަންފިޒްކޮށް ހިންގއިްޖެނަމަ މާ ގިނަ ދުވަހެއް ނުވެ ޢާންމު ހާލަތަށް ރުޖޫއަވުމުގެ އުއްމީދު އާވެގެންދާނެ
– ރައީސް
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް އިތުރު ވެކްސިން ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ