ޝައުނާއަށް މިހާރު ދިމާވަމުން އެދަނީ އަޅުގަނޑަށް ދިމާވި ހާލަތު: މަލީހު

ޝައުނާއަށް މިހާރު ދިމާވަމުން އެދަނީ އަޅުގަނޑަށް ދިމާވި ހާލަތު: މަލީހު

Author
މުޙައްމަދު ޖިމީ
25 މެއި 2021 01:02
0

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއަށް އިންޓަރެޓް އަގުހެޔޮކުރުމުގައި މިހާރު ދިމާވަމުންދަނީ ކުރިން މަގާމުގައި ހުންނެވިއިރު އެމަނިކުފާނަށްވެސް ދިމާވި ހާލަތުކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ އިންޓަރނެޓްގެ އަގު ހެޔޮކުރުމާއި ގެންނަ ބަދަލުތައް އއުލާންކުރުން ދެވަނަ ފަހަރަށް ފަސްކުރުމާއި ގުޅިގެންނެވެ. އިންޓަރނެޓްގެ އަގު ހެޔޮކުރުން އިއުލާންކުރުން ކުރިން ނިންމާފައި އޮތީ މިއަދު އިއުލާންކުރާގޮތަށެވެ. ނަމަވެސް މިހާރު ވަނީ ބުރާސްފަތި ދުވަހަށް ފަސްކޮށްފައެވެ.

މަލީހު ވިދާޅުވީ، މިއަދު ހެޔޮކުރަން ބުނި އަގު އިޢުލާން ނުކުރެވުނުކަމަށާއި، މިނިސްޓަރ ޝައުނާއަށް ވެސް މިހާރު ދިމާވަމުން އެދަނީ އޭގެ ކުރީގައި އެމަނިކުފާނަށް ދިމާވި ހާލަތުކަމަށެވެ. އެއީ ހުރިހާ ކަމެއް ނިމުނީމަވެސް ފައިނަލް ޑެސިޝަން ނަގަންޖެހޭ ފަރަތުން ނަގަން ނުކެރުންކްމަށާއި، ނިންމުން ނިންމަން ފަސްޖެހުންކަމަށް މަލީހު ވިދާޅުވިއެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އަންނަ ބުރާސްފަތި (2021 މޭ 27) ދުވަހުގެ 10 ޖަހާއިރު އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ނިންމާ އެކަން އިއުލާންކުރުމަށް މަސައްކަތް ކުރައްވާއިރު، އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ކުރަންޖެހޭ މަސައްކަތް މަލީހު ވަޒީރުކަމުގައި ހުންނެވިއިރު، ޓެކްނޮލޮޖީ މިނިސްޓްރީން ކޮށް ނިމިފައިވާކަމށް ވަނީ ވިދާޅުވެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެކަން ނިންމާ ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އެކަން ތަންފީޒްކުރުމަށް ލަސްކުރީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުންކަމަށްވެސް މަލީހު ކުރިން ވިދާޅުވެފައިވެއެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު، ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުގައި މިހާރު ހުންނެވީ، ކުރިން ޕޮލިސީ އޮފީހުގެ ސެކްރެޓަރީ އައިމިނަތު ޝައުނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.