ކަމެއް ސާބިތު ކޮށްދޭންވެސް އައުރަ ހާމަކުރުމަކީ ރަގަޅު ކަމެއް ނޫންކަމަށް ވިދާޅުވެ، ހުރިހާ އެންމެންވެސް އައުރައަށް ރައްކާތެރި ވުމަށް ޝައިޚު އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޝައިޚު އަލީ ޒައިދު މިގޮތަށް ގޮވާލައްވާފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މޭމަހުގެ 6 ވަނަ ދުވަހު އެމަނިކްފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއިން ލިބި ވަޑައިގެންނެވި އަނިޔާތަކުން ވީވަރު ބައެއް ބޭފުޅުންނަށް ސާފު ނުވާތީކަމަށް ވިދާޅުވެ، ލިބުނު އަނިޔާތަކުގެ ހާމަކަން ބޮޑު ފޮޓޯތަކެއް މިއަދު އާންމު ކުރައްވާފައެވެ. އަދި ވިދާޅުވީ ފާރުތައް ހިކެމުންދާ ކަމުގައެވެ.
Hurihaa beyfulhun ves aura ah rakkaatheri ve lahvaa! Point eh prove kohdheyn ves aura enmenah haama kurumakee rangalhu kameh noon!
— Ali Zaid (@alizaid1000) May 21, 2021
ނަޝީދު މިއަދު ހާމަކުރެއްވި ފޮޓޯތަކުން ފެންނަން ހުރި ގޮތުގައި ގައިގެ އެކި ތަންތަން ޒަޚަމް ވެފައިވާއިރު، ގިނަ ޒަޚަމްތަކުން އުފެދުނު ފާރުތައް އަދިވެސް މުޅީން ހިކިފައެއް ނުވެއެވެ.
އަދި މި ފޯޓޯއަކީ، ޒަޚަމްތައް ފެންނަން ހުންނަ ނިވާކަން ކުޑަ ފޮޓޯއެއްކަން ފާހަގަ ކޮށްލެވެއެވެ.
ނަޝިދަށް ލިބިފައި އަނިޔާތައް ދައްކުވައިދޭ މި ފޮޓޯ އާންމު ކުރުމާއިއެކު، ބައެއް ފަރާތްތަކުންވަނީ، މި ފޮޓޯ އާންމު ކުރި ކުރުމަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓު ހަމަލާއިން ލިބުނު ޒަޚަމްތަކުގެ ފުންކަން ސާބިތު ކޮށްދޭން އަމިއްލަ ހަށިކޮޅުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ އައިބުކަމެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.
ނަޝީދަށް އަމާޒުކޮށް 6 މޭގައި ދެވުނު ޓެރަރިސްޓް ހަމަލާއިން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޖަރުމަނުގެ ހަސްފަތާލެއްގައި އެޑްމިޓް ކޮށްފައި އޮންނެވުމަށްފަހު މިއަދު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ފުލުހުން ދަނީ މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށް ގެންދަވަމުންވެ. މިގޮތުން މިހާތަނަށް އައިއިރު މިމައްސަލައާއި ގުޅުން ހުރި 4 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.
މިގޮތުން އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ، ހަރުކަށިން ފިކުރަށް ނިސްބަތްވާ މީހަކު ބ. ދަރަވަންދޫއިންނެވެ.
ކޮމެންޓު ފޮނުވާ