އުފަން ދުވަސް ފާހަގަ ކުރުމަށް ރައިނޯ ޕިއާނޯ ކުޅެފި

އުފަން ދުވަސް ފާހަގަ ކުރުމަށް ރައިނޯ ޕިއާނޯ ކުޅެފި

Author
ފާތިމަތު ނާވީ
23 މެއި 2021 01:46
0

އެމެރިކާގެ ޑެންވާ ޒޫގައި އޮތް ރައިނޯއެއް، އޭތީގެ އުފަންދުވަހު ޕިއާނޯ ކުޅެފިއެވެ. މި ރައިނޯ އަކީ ބަންދޫގެ ނަމުން ނަންދެވިފައިވާ ރައިނޯއެކެވެ.

ބަންދޫ ޕިއާނޯ ކުޅޭ ވީޑިއޯއެއްގެ ޑެންވާ ޒޫއިން ވަނީ ހިއްސާކޮށްފަ އެވެ. ހަމައެހެންމެ މި ވީޑިއޯ ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.

ޑެންވާ ޒޫއިން ވީޑިއޯ ހިއްސާ ކުރަމުން ބުނެފައިވަނީ "ބަންދޫއަށް އުފާވެރި އުފަންދުވަހަކަށް އެދެން" މިހެންނެވެ. ޒޫއިން މި ވީޑިއޯ ހިއްސާކޮށްފައިވަނީ ބަންދޫއަށް 12 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

 

View this post on Instagram

 

A post shared by Denver Zoo (@denverzoo)

ބަންދޫ ޕިޔާނޯ ކުޅެފައި ވަނީ އޭތީގެ ތުން ބޭނުންކޮށްގެނެވެ. ޒޫގެ އޮފިޝަލުން ބުނީ ބަންދޫއަކީ މިއުޒިކަށް ލޯބިކުރާ ރައިނޯއެއް ކަމަށެވެ.

މި ވީޑިއޯ ހިއްސާ ކުރިތާއި 12 ގަޑި އިރުގެ ތެރޭގައި އިންސްޓަގްރާމުން 17 ހާހަށް ވުރެ ގިނަ ވިއުސް އަދި 3400 ލައިކްސް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.