މާލޭ ދަފްތަރަށް ސަލާމް، ދަފްތަރުކޮށްދޭ އެހެން ރަށެއްގައި ޖެހެން ނިންމައިފިން: މައުސޫމް

މާލޭ ދަފްތަރަށް ސަލާމް، ދަފްތަރުކޮށްދޭ އެހެން ރަށެއްގައި ޖެހެން ނިންމައިފިން: މައުސޫމް

Author
މުޙައްމަދު ޝަޒައިމް
20 މެއި 2021 09:57
0

މާލެ ދަފްތަރުން ވަކިވެ، ގޯއްޗެއް ލިބޭނެ އެހެން ރަށެއްގެ ދަފްތަރުގައި ޖެހެން ނިންމާފައިވާކަމަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެެހެން ދިވެހި ރައްޔިތުންނަށް ނުޖެހެވޭ ދަފްތަރެއްގައި ޖެހިގެން ހުންނާކަމަށް ބޭނުން ނުވާކަމަށެވެ. އަދި މިހާރު އޮތް މާލޭގެ ދަފްތަރުން ވަކިވެ، އަތޮޅު ތެރޭގެ އެހެން ސިޓީއެއް ނުވަތަ ރަށެއްގެ ދަފްތަރުރުގައި ޖެހެން ނިންމާފައިވާކަމަށެވެ. މިނިސްޓަރ އެހެން ރަށެއްގެ ދަފްތަރުގައި ޖެހެން ނިންމާފައިވާނީ ގޯއްޗެއް މާލެއިން ނުލިބުމުން އެހެން ރަށަކުން ގޯއްޗެއް ލިބޭނެކަމަށް އުންމީދު ކުރައްވަމުންނެވެ.

އެހެންދިވެހި ރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނާކަން އަޅުގަނޑު ބޭނުމެއްނޫން. މާލޭ ތަފުތަރަށް ސަލާމް. ތިލަދުންމަތީ ކެލާ ނުވަތަ ދަފުތަރު ކޮށްދޭ ރަށެއްގެ / ސިޓީއެއްގެ ދަފުތަރުގަ ޖެހެން ނިންމައިފިން. ގޯއްޗެއްލިބެންދެން ކޮންމެވެސްތާކު ނަން ރެޖިސްޓްރީ (ދަފުތަރު) ކުރަން ނުޖެހޭނެބާ؟

– މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫލް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މާލެ ދަފްތަރާ ގުޅޭ ހަރުދަނާ އުސޫލެއް ކަނޑައެޅެންދެން ދަފްތަރުގައި މީހުން ޖެއްސުން މެދުކަނޑާލަން ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ ނިންމި ކަންކަމުގެ ތަފްސީލު ނޫސްވެރިންނާ ޙިއްސާކުރައްވަމުން މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ދަފްތަރުގައި ޖެއްސުމުގެ އުސޫލަށް އިސްލާހު ގެނެސް ހަރުދަނާ ޤަވައިދުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށަން ކައުންސިލުން ނިންމާފައިވާކަމަށެވެ.

ދަފްތަރަކީ މާލޭގެ ގެދޮރުވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާކަމަކަށް ވާއިރު، ގެދޮރުވެރިކުރުމުގެ މައްސަލަ ޙައްލުކުރުމުގެ މަގުޗާޓެއް ސިޓީ ކައުންސިލުން އެކުލަވަލާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މަގުޗާޓު އެކުލަވަލާ، ހަރުދަނާ އުސޫލަކާއެކު ދަފްތަރުގެ ކަންކަން ކުރިއަށްގެންދިއުމަށް، މާލެ ދަފްތަރުގައި ޖެހުމުގެ ކަންކަން ވަގުތީގޮތުން މެދުކަނޑާލަން ކައުންސިލުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގައިދުރު
ބަލަ އަމިއްލަ ރަށުގެ ބިން ކުޑައީތޯ ކިހިނެއް ވެގެންތޯ ތި އުޅުއްވަނީ؟