ގެވެށި އަނިޔާ ހުއްޓުވަންތިބި މެމްބަރެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ލަދުވެތިކަމެއް: ޝިދާތާ

ގެވެށި އަނިޔާ ހުއްޓުވަންތިބި މެމްބަރެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ލަދުވެތިކަމެއް: ޝިދާތާ

Author
މުޙައްމަދު ޝަޒައިމް
20 މެއި 2021 09:04
0

ގެވެށި އަނިޔާ ހުއްޓުވަންތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިން ގެވެށި އަނިޔާގެ އަމަލެއް ފެނުމަކީ ލަދުވެތިވާންޖެހޭ ވަރުގެ ކަމެއްކަމުގައި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ އޭނާގެ އަނބިކަބަނބަލުން އަސޫ ނަސީމްއާއި، ދަރިކަލުންނަށް ދިން އަނިޔާގެ މައްސަލަ ތަކާއި ގުޅިގެން ގިނަބަޔަކު މިކަމާއި ކަންބިޑުވުން ފާޅުކޮށް ޝުއޫރު ފާޅު ކުރަމުންދާ ދަނޑިވަޅުގައި ޝިދާތާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގެވެށި އަނިޔާގެ ނުރައްކަލުން ރާއްޖެ ސަލާމާތް ކުރުމަށް އިންތިޚާބު ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިން މިފަދަ ލާއިންސާނީ އަމަލެއް ފެނުމަކީ ނުހަނު ހިތާމަ ކުރި ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ބެލުމުގައި އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި މުޅި ދައުލަތް އެކީ ތެދުވަންޖެހޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ގެވެށި އަނިޔާ ހުއްޓުވާ ރައްޔިތުން ރައްކާތެރި ކުރަން ތިބި އެންމެ މުހިއްމު މުއައްސަސާގެ މެންބަރެއްގެ މި ފަދަ ޢަމަލެއް ފެންމަތި ވުމަކީ ލަދުވެތި އަދި ހިތާމަ ހުރި ކަމެއް. ސިޔާސީ ފިކުރައް ކުލަޔަކަށް ބެލުމެއްނެތި މި ފަދަ ކަންކަމާ ދެކޮޅަށް ދައުލަތުގެ މުއައްސަސާ ތަކުން ތެދުވަން ޖެހޭ.

– ޝިދާތާ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްލާގައިވާ އިއްޔެ އަސޫ ވަނީ އީސައާއި ދެކޮޅަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮތެކްޝަން ޑިޕާޓްމަންޓަށް ބަޔާނެއްވެސް ދެއްވާފައެވެ. “ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.

ނަމަވެސް އެނގިފައިވާގޮތުގައި މެންބަރު އީސަ އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އެވަގުތު އެދެމަފިރިންގެ ދަރިފުޅުވެސް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާއާއި ގުޅިގެން އަނބިކަނބަލުން ޑޮކްޓަރަށްވެސް ދައްކާފައިވެއެވެ. އާއިލާ ބޭފުޅަކު މަޢުލޫމާތު ދިންގޮތުގައި އަނިޔާކުރި ކަމުގެ ޑޮކްޓަރުގެ ލިއުންތައްވެސް މިހާރު ވަނީ ލިބިފައެވެ.

މައްސަލަ ސާބިތުވެއްޖެނަމަ އީސަގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.