މޮޅަކާއެކު ލީޕްޒިގުން މުބާރާތް ފަށައިފި

މޮޅަކާއެކު ލީޕްޒިގުން މުބާރާތް ފަށައިފި

ގުޅުންހުރި

ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ޖަރުމަނުގެ އާރްބީ ލީޕްޒިގާއި ތުރުކީގެ އިސްތަންބޫލު ބަސެކްޝެހިރް ބައްދަލުކުރި މެޗު ލީޕްޒިގުން ކާމިޔާބުކޮއްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ލީޕްޒިގުން މި މެޗު ކާމިޔާބުކުރީ 0-2 ލަނޑުންނެވެ.

މި މެޗުގައި ލީޕްޒިގްގެ ދެ ލަނޑުވެސް އެޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ލީޕްޒިގްގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެންޖެލީނޯއެވެ. މީ ކުޅުންތެރިޔާ އެންމެފަހުން ހަ މެޗުގައި ހަތަރު ވަނަ ލަނޑެވެ. އަދި މިއީ މުބާރާތުގެ އޭނާގެ ފުރަތަމަ ލަނޑެވެ.

މުބާރާތުގަ އެންމެފަހުން ކުޅުނު 5 މެޗުގެ ތެރެއިން ލީޕްޒިގުން ވަނީ ތިން މެޗު ބައިކޮޅަށް ލަނޑެއް ވައްދާނުލާ ނިންމާފައެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ ހަތަރު ޓީމުވެސް އެއް މެޗު ކުޅެފައިވާއިރު ގްރޫޕްގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ ލީޕްޒިގެއެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް 3 ޕޮއިންޓް ލިބޭއިރު ލީޕްޒިގަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި ޕީއެސްޖީ އޮތްއިރު ފުލުގައި އޮތީ ތުރުކީގެ އިސްތަންބޫލު ބަސެކްޝެހިރްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ