ދައުރު ނިމުމުގެ ކުރިން ބޮޑު ޚިޔާނާތުގެ ތުހުމަތާއި ހަމަޔަށް ދެވިދާނެކަމާއިމެދު ސުވާލު އުފައްދައިފި!

ދައުރު ނިމުމުގެ ކުރިން ބޮޑު ޚިޔާނާތުގެ ތުހުމަތާއި ހަމަޔަށް ދެވިދާނެކަމާއިމެދު ސުވާލު އުފައްދައިފި!

Author
މުޙައްމަދު ޝަޒައިމް
19 މެއި 2021 06:30
0

އެމްއެމްޕީއާރުސީ މައްސަލަ މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު ދައުރު ނިމުމުގެ ކުރިން ތަހުގީގު ނިމި ތުހުމަތާއި ހަމައަށް ދެވިދާނެ ކަމާއިމެދު ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ސުވާލު ކުރިމަތި ކުރައްވައިފިއެވެ..

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންގެ ލިސްޓުގެ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ މިވާހަތަކާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ މިމައްސަލަ ކުރިއަށްދާ ގޮތަށް ބަލާއިރު ދައުރު މެދު ޖެހިފައިވާއިރު މިކަމުގައި "ޕާސަން އޮފް އިންޓަރެސްޓް" އާއި ހަމައަށް އާދެވުނީ އަދި ކިރިޔާ ކަމަށެވެ. އަދި މިހާރު ލިސްޓުގައި އޮތް މީހުންނަކީ ތުހުމަތުވެސް ކުރެވޭ ބަޔަކަށ ްނުވާއިރު، ތަހުގީގް ނިމި ތުހުމަތާއި ހަމަޔަށްދާއިރު ދައުރު އޮވެދާނެކަމާއިމެދުވެސް ދިޔާނާވަނީ ސުވާލު ކުރައްވާފައެވެ.

އަސްތާ، ދައުރު ދެބައިވި އިރު ކިރިޔާ މި އާދެވުނީ "ޕާސަން އޮފް އިންޓަރެސްޓް" އާއި ހަމައަށް. މިއީކީ އަދި ތުހުމަތެއްވެސް ނޫން. ދެން ތިޔަ ވިދާޅުވާ ތަހުގީގް ނިމި ތުހުމަތާއި ހަމަޔަށް ދެވޭއިރު ދައުރު ނިމިދާނެނޫންތޯ؟

– ދިޔާނާ ސައީދު ވިދާޅުވިއެވެ.

މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ނަން އޮތް، ސަރުކާރު މަގާމުތަކުގައި ތިބި މީހުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ލިސްޓުގައި ހުރި ނަންތަކަކީ "ޕާސަންސް އޮފް އިންޓަރެސްޓް" ނުވަތަ މައްސަލާގައި ހިމެނޭތޯ ތަހުގީގުކޮށް ބަލަންޖެހޭ މީހުން ކަމަށެވެ. ޚިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން އެނގޭނީ ތަހުގީގުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.

ލިސްޓުގައިވާ ނަންތަކުގެ ތެރެއިން ވަގުތުން ވަކިކުރެވޭ ފަދަ މަގާމުގައި ތިބި ކަމަށް ފެންނަނީ މަދު ބައެކެވެ. އެއީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންނެވެ. ލިސްޓު އާންމުކުރުމާ އެކު އޮޑިޓާ ޖެނަރަލް މަގާމުން އިސްތިއުފާ ދެއްވިޔަސް، އެހެން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުތަކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ހުރިހާވެސް ކަމަކީ ޤާނޫނު އަސާސީ އިން ރައްޔިތުންގެ މަޖުލީހަށް ކަނޑައަޅާފައިވާ މޭންޑޭޓް އޮޅުވާލާ ނޫނީ ހަމަދބުއްދި ފިލާދިއުމުގެ ސަބަބުން ދަންދޮރުނޭގުނުގެ ސަބަބުން ކޮންމެ ކަމަކީ މަޖުލީހުންކުރަންޖެހޭކަމެއްކަމަށް ޤަބޫލުކުރުން، އެމް.އެމް.ޕީ އާރ ސީ ޚިޔާނާތުން މަންފާލިބުނުމީހުންގެ ލިސްޓު ޢާންމުކުރި ކުރުމަކީ ތިމްނަމެން ތަޙުޤީޤު ފަށަނީޔޭ ބަރީވުމަށް ޓަކާ އަވަހަށް ހެކިނައްތާލާ ސަލާމަތުގެ ޤުއްބަށް ވަންނާށޭ ބުނުން
އ އަދުރޭ
މިމައްސަލަ ދިގުދެއްމުމަކީ ވެރިކަން ކުރާނެހާ ގޮތަކަށް ކޮށްލުމަށް ހުޅުވިފައިވާ ފުޅާމަގެއް.ެރިކަމުގެ ފަރާތުން ތިޔަމަގު ބަންދުކުރާކަށް ބޭނުމެއްނުވާނެ.
އ އަދުރޭ
މިމައއސަލަ ދިގުދެއްމުމަކީ ވެރިކަން ކުރާނެހާ ގޮތަކަށް ކޮށްލުމަށް ހުޅުވިފައިވާ ފުޅާމަގެއް.ެރިކަމުގެ ފަރާތުން ތިޔަމަގު ބަންދުކުރާކަށް ބޭނުމެއްނުވާނެ.