ފަލަސްތީނާއިއެކު ރާއްޖެ އޮތްކަން ހާމަކޮށް ރައީސްގެ ހިތްވަރު ފަލަސްތީން ކެމްޕެއިނަށް

ފަލަސްތީނާއިއެކު ރާއްޖެ އޮތްކަން ހާމަކޮށް ރައީސްގެ ހިތްވަރު ފަލަސްތީން ކެމްޕެއިނަށް

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 05:00
0

ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިކަން ހާމަކޮށް، ރައީސުލްޖުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފަލަސްތީނު ކެމްޕެއިންނަށް ހިތްވަރު ދެއްވައިފިއެވެ.

ރައީސް ޞާލިހު ފަލަސްތީނާއިއެކުގައި ހުންނެވިކަން ހާމަކޮށް ފަލަސްތީނުގެ ދިދަދަޔާއިއެކުގައި ކުރެއްވި ޓްވީޓާއިއެކު އެރައް ބަޔަކު ވަނީ ރައީސް ޞާލިހުގެ ހިތްވަރަށް ސާބަސް ދެއްވާފައެވެ. އެމަނިކުފާނު މި ޓްވީޓު ކުރައްވާފައިވަނީ މިއަދު ހަވީރު މާލޭގަި ޒުވާނުން އިސްނަގައިގެން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަކޮށްދޭ ކެމްޕެއިނެއް ކުރިއަށް ގެންދަވަނިކޮށެވެ.

ރައީސް ޞާލިހު ޓްވީޓު ކުރެއްވިތާ އިރުކޮޅެއް ތެރޭގައި ރައީސް މައުމޫންވެސް ވަނީ ފަލަސްތީނާއި އެކުގައި ހުންނެވިކަން ހާމަކޮށް ޓްވީޓް ކުރައްވާފައެވެ.

ފަލަސްތީނުން މިނިވަންކަމަށް ކުރާ މަސައްކަތުގައި އެޤައުމާއެކު ދެގޮތެއްނުވެ އެކުގައި އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ދިވެހިރާއްޖެއިން ފަލަސްތީނަށް ވަނީ ދެއްވާފައެވެ. ރާއްޖެއިން ފަލަސްތީނަށް މި ޔަޤީންކަން ދީފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގެ ހަވާސާގައި ފަލަސްތީނުގެ ފޮރިން މިނިސްޓަރ ޑރ. ރިޔާދް އަލް މާލިކީއާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ފަލަސްތީނަކީ ދިވެހިންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ގުޅުމަށް ގުޑުމެއް ނާންނާނެކަމަށާއި، ދިވެހިން ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ ކޮންމެ ހަރަކާތަކަށް ތާޢީދުކުރާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުން މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެކުގައި އޮންނާނެކަން ހާމަކުރައްވާފައިވާއިރު، ފަލަސްޠީނަށް ތާޢީދުކޮށް އދގެ ޢާއްމު މަޖިލީހުގައި ވޯޓުލާނެކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އޯއައިސީގެ ޙާއްސަ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ޝާހިދު ވަނީ ކުރިއަށް އޮތް އިސްރާއީލުގެ ޢާއްމު އިންތިޚާބު ކާމިޔާބުވެއްޖެނަމަ ފަލަސްޠީނުގެ އުރުދުން ވާދީއާއި އެހެން ބައެއް ސަރަޙައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރިކުރައްވާފައެވެ.

މީގެ އިތުރުން، މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު ލިބޭނެކަމަށާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާއި ޤުދުސަށް އިސްރާއީލުގެ ބައެއް ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ދިވެހިރާއްޖެއިން ދެކޮޅުހަދާ ކަންކަންކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.